twitterviber whatsapp telegramfacebookyoutube instagram
18th May 2024

ހަންގޭރީއާއި އިންގްލޭންޑް ބައްދަލުކުރި މެޗުގައި ބޮޑެތި ނަސްލީ ތަފާތުކުރުންތަކެއް، ފީފާއިން މައްސަލަ ބަލަނީ

މުޙައްމަދު އަހުމަދު
Sep 4, 2021

ހަންގޭރީގެ ބުޑަޕެސްޓްގައި ވޯލްޑްކަޕް ކޮލިފައިންގައި އިއްޔެ ހަންގޭރީއާއި އިންގްލޭންޑް ބައްދަލުކުރި މެޗުގައި ބޮޑެތި ނަސްލީ ތަފާތުކުރުންތަކެއް އިނގިރޭސި ކުޅުންތެރިންނާއި އަމާޒުވި މައްސަލަ ފީފާއިން ބަލަން ފަށައިފި އެވެ.

އިނގިރޭސި ޓީމުގެ ދެކުޅުންތެރިންނަށް ނަސްލީ ތަފާތުކުރުންތައް އަމާޒުވި އެވެ. އެއީ ޖޫޑް ބެލިންގްހަމްއާއި ރަހީމް ސްޓާލިން އެވެ. އަދި އިނގިރޭސި ކުޅުންތެރިންނާ ދިމާލަށް ވަނީ ތަފާތު އެއްޗެހި ވެސް އުކާފަ އެވެ. އޭގެތެރޭގައި ހޯމް ސަޕޯޓަރުން ވަނީ ފްލެއަރއެއް ވެސް ވަނީ ދަނޑަށް އެއްލާފަ އެވެ.

އިނގިރޭސި ޓީމުން ބުނިގޮތުގައި މިއީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށެވެ.

ބޮރޫޝިއާ ޑޯޓުމަންޑްގެ އުމުރުން 18 އަހަރުގެ މިޑްފީލްޑަރު ޖޫޑް ބެލިންގްހަމްއަށް ކުރިމަތިވި ނަސްލީ ތަފާތުކުރުންތަކަށްފަހު އޭނާ ކުރި ޓްވީޓެއްގައިވަނީ އޭނާއަށް ސަޕޯޓުދިނުމުގެ ގޮތުން އައި ހުރިހާ މެސެޖުތަކަށް ޝުކުރުއަދާކޮށްފަ އެވެ. އަދި އޭނާ ބުނީ މެޗުތަކުގައި މިކަހަލަ މައްސަލަތައް އަބަދުވެސް ދިމާވާނެ ކަމަށެވެ. އެކަން ހުއްޓެން އަންނާނީ ބާރުއޮތް ފަރާތްތަކުން އެކަމަށް އެކަށީގެންވާ ފިޔަވަޅު އެޅުމުން ކަމަށެވެ.

މިކަމާ ބެހޭގޮތުން ނަސްލީ ތަފާތުކުރުންތައް ކުރިމަތިވި ކުޅުންތެރިންގެ އިތުރުންވެސް ވާހަކަދައްކާފައިވެ އެވެ. އެގޮތުން ޗެލްސީއަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓް ބުނީ އެކަން އަބަދު އެގޮތަށް ހިނގުމަކީ ވަރަށް އިހްތިރާމް ކުޑަކަމެއް ކަމަށެވެ. އަދި މިކަހަލަ ކަންތައްތައް ދިމާވުމުން ފިޔަވަޅު އަޅަންޖެހޭ ކަމަށާއި އެފްއޭއިން ފީފާއާ މިކަމުގައި ވާހަކަ ދައްކައި އެމީހުންނާއި ހަމައަށް މައްސަލަ ގެންގޮސް ބޭން ކުރުން ފަދަ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށްވެސް މޭސަން ބުނެފައިވެ އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ މިކަމުގައި ޒިންމާވާ އެންމެހާ ފަރާތްތަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާ މިކަލަ ހުތުރު ކަންކަން މިކުޅިވަރުން އެއްކޮށް ފުހެލަން ޖެހޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355