twitterviber whatsapp telegramfacebookyoutube instagram
29th March 2024

ސާފް ޗެންޕިއަންޝިޕް ކެމްޕެއިން ރައީސް އިފްތިތާހު ކޮށްދެއްވައިފި

ނަބީލާ އިސްމާޢީލް
Sep 12, 2021

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން ފައްޓަވާ މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވާފައިވަނި ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވެވި ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ މިކެންޕެއިން އިފްތިތާހުކޮށްދެއްވުމުގެ ގޮތުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ އެއްވަނަ މަގާމަށް ލިބޭ ޓްރޮފީގެ ނަކަލު ޓްރޮފީއެއްގައި ރަމްޒީގޮތުން އަތް ޖައްސަވާލައްވާފަ އެވެ.

އެމަނިކުފާނު އިފްތިތާހު ކޮށްދެއްވި މި ކެންޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި މީހުން ދިރިއުޅޭ އެކި ރަށްރަށުގައި ސާފް ޗެންޕިއަންޝިޕް 2021 މުބާރާތާއި ގުޅިގެން މާކެޓިންގ އަދި ޕީއާރްގެ އެކި ކަންކަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.

މިގޮތުން މިރަސްމިއްޔާތުގައި ވަނީ މިކަމާއިބެހޭ ކުރު ވީޑިއޯއެއް ތައާރަފްކޮށް، ސާފް ޗެންޕިއަންޝިޕްގެ ކެންޕެއިންގެ ވީޑިއޯ ޕްރެސެންޓޭޝަނެއް ދައްކާފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ސާފް ޗެންޕިއަންޝިޕްގެ ހަނދާނުގައި ހާއްސަ ފޮތެއްވެސް ތަޢާރަފްކޮށްފައެވެ. "އަހަރެމެންގެ ފަހަރު" ނަމުގައި މިފޮތް ނެރެދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ.

މިއަހަރު ސާފް ޗެންޕިއަންޝިޕް ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރ 1 އިން 16 ގެ ނިޔަލަށެވެ.

މިއީ، އެހެން ގައުމަކާއި ބައިވެރިނުވެ، ހަމައެކަނި ރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް އެންމެ ފުރަތަަމަ ކާމިޔާބުކުރީ 2008 ވަނަ އަހަރު އެވެ. އަދި ދެވަނަ ފަހަރު އެ މުބާރާތް ކާމިޔާބުކުރީ 2018 ވަނަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355