އާސެނަލުން ޓޮޓެންހަމް ލަދު ގަންނަވާލައިފި، ނޫނޯ އާއި ކޭން އަދި ޓޮޓެންހަމަށް އެތައް ސުވާލުތަކެއް އަމާޒުވެއްޖެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން 3-1 އިން މޮޅުވެ އާސެނަލް އިން ކުރިއެރުމެއް ހާސިލްކޮށްފި އެވެ.
މިމޮޅާއެކު އާސެނަލް ވަނީ 10 ވަނަ އަށް ޖެހިލައިފަ އެވެ. ނަމަވެސް ޓޮޓެންހަމް ވަނީ 11 ވަނައަށް ވެއްޓިފަ އެވެ. އާސެނަލްގެ ދަނޑުގައި ކުޅެވުނު މިމެޗުގައި އާސެނަލުން 3 ލަނޑުވެސް ޖެހީ މެޗުގެ ފުރަތަމަ ހާފުގައި އެވެ.
12 ވަނަ މިނެޓުގައި އެމީލް ސްމިތު ރޯވް އާސެނަލަށް ލީޑު ނަގައިދިންއިރު 27 ވަނަ މިނެޓުގައި އާސެނަލްގެ ދެ ވަނަ ލަނޑު ޖެހީ ޕިއޭ އެމްރިކް އޮބަމަޔަން އެވެ. މެޗުގެ 34 ވަނަ މިނެޓުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ސަކާ އެވެ.
މެޗުގެ ދެވަނަ ހާފުގައި 79 ވަނަ މިނެޓު ސޮން ހިއުން މިންގް ޖެހި ގޯލާއެކު ޓޮޓެންހަމުން ލީޑު ކުޑަކުރި ނަމަވެސް ފަހަތުން އަރާ މޮޅުވެވޭ ގޮތެއް ނުވި އެވެ.
މި ބައްޔާއެކު ޓޮޓެންހަމާއި، ކޯޗު ނޫނޯ އަދި ފޯވާޑް ހެރީ ކޭން އަށް ވަނީ ގިނަ ސުވާލުތަކެއް އަމާޒުވެފަ އެވެ.