twitterviber whatsapp telegramfacebookyoutube instagram
4th May 2024

ޔޫރަޕިއަން ސުޕަ ލީގުގެ މައްސަލާގައި ޔޫއެފާއިން ކުލަބްތަކަށް މާފުދީ މައްސަލަ ނިންމާލައިފި

މުޙައްމަދު އަހުމަދު
Sep 28, 2021

ޔޫރަޕިއަން ސުޕަ ލީގު އުފައްދަން މަސައްކަތްކުރި ރެއާލް މެޑްރިޑާއި ޔުވެންޓަސްއާއި ބާސެލޯނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ ޔޫއެފާ އިން ނިންމި ނިންމުން އުވާލާ ކުލަބްތަކަށް މާފުދިނުމަށް ފަހު ޔޫއެފާއިން އެމައްސަލަ ނިންމާލައިފި އެވެ.

ރެއާލާއި ބާސާގެ އިތުރުން ޔުވެންޓަސް އަކީ ވެސް ސުޕަ ލީގު އުފެއްދުމުގައި ބައިވެރިވި 12 ކުލަބުގެ ތެރެއިން ތިން ކުލަބެވެ. ގިނަ ފިއްތުންތަކާ ޕްރެޝަރުގެ ސަބަބުން އަނެއް ކުލަބް ލީގު ދޫކޮށްލި ނަމަވެސް މި ތިން ކުލަބުން ވަނީ މުބާރާތުން ވަކިވުމާމެދު ދެކޮޅު ހަދާފަ އެވެ.

އެކުލަބްތަކުން ވަނީ އާ ލީގެއް ފަށަން އެމީހުން ކުރި މަސައްކަތާ ގުޅިގެން ޔޫއެފާއިން އަދަބު ދިނުމަކީ ޔޫރަޕުގެ މުބާރާތްތަކާ ބެހޭ ގާނޫނާ ހިލާފް އަމަލެއް ކަމަށެވެ.

އިންޓަ މިލާނާއި އޭސީ މިލާނާއި އާސެނަލް، ޗެލްސީ، ލިވަޕޫލް، މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަދި ޓޮޓެންހަމް ހޮޓްސްޕާގެ އިތުރުން އެތުލެޓިކޯ މެޑްރިޑަކީ ވެސް މި ލީގު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމަށްފަހު ޕްރެޝަރުގެ ސަބަބުން ލީގު ދޫކޮށްލި 9 ޓީމެވެ. މި 9 ކުލަބް އެކުވެގެން ޔޫރަޕުގެ ފުޓުބޯޅަ ތަރައްގީކުރަން ގްރާސްރޫޓް މަސައްކަތަށް ދައްކަން ޖެހުނު 25 މިލިއަން ޕައުންޑް ވެސް ވަނީ ޔޫއެފާއިން މާފް ކޮށްދީފަ އެވެ.

ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އިސްވެގެން ހުރެ އިއުލާންކުރި ޔޫރަޕިއަން ސުޕަ ލީގު ވަނީ އިއުލާންކުރިތާ 3 ދުވަސްތެރޭގައި ފަނި ވެފަ އެވެ. މިކަންވީ ބޮޑު ފްލޮޕަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355