twitterviber whatsapp telegramfacebookyoutube instagram
12th February 2026

ވޯލްޑްކަޕް 2022 އަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް ޖަރުމަނު

މުޙައްމަދު އަހުމަދު
Oct 12, 2021

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ރަށުންބޭރުގައި 4 - 0 އިން ނޯތު މެސެޑޯނިއާ ބަލިކޮށް އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 އަށް ކޮލިފައިވި ފުރަތަމަ ގައުމުގެ ޝަރަފު ޖަރުމަނަށް ލިބިއްޖެ އެވެ.

ޖަރުމަނުގެ އިތުރުން މިވަގުތު ވޯލްޑް ކަޕްގެ ޖާގަ ޔަގީންވެފައި އޮތީ ހޯސްޓް ކުރާ ގައުމުގެ ހައިސިއްޔަތުން ގަތަރަށެވެ. ޖަރުމަނު ވޯލްޑް ކަޕުން ޖާގަ ކަަށަވަރުކުރީ ބާކީ ދެ މެޗު އޮއްވަ އެވެ.

ކޮލިފައިން ގްރޫޕް ޖޭގެ އެއްވަނައިގައި ޖަރުމަނު އޮތީ 21 ޕޮއިންޓާއެކުގަ އެވެ. ދެވަނައިގައި އޮތީ 13 ޕޮއިންޓާއެކު އާރްމީނިއާ އެވެ.

ރޭ ނޯތު މެސެޑޯނިއާގައި ކުޅުނު މެޗުގައި ޖަރުމަނުގެ ގޯލުތައް ޖެހީ ޓިމޯ ވާނާއާއި ކައި ހަވާޓްޒް އަދި ޖަމާލް މުސިއާލާ އެވެ. ވާނާ ވަނީ 2 ގޯލު ޖަހާފަ އެވެ.

ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމުގެ ޝަރަފް ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށް ޖަރުމަނުގެ ކޯޗު ހަންސީ ފްލިކް ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355