twitterviber whatsapp telegramfacebookyoutube instagram
28th June 2026

ޔޫއެފާއިން ހުރިހާ ކަމެއް ނިންމަނީ އަމިއްލަ ޖީބަށް ބެލުމަށްފަހު: ކޯޓުއާ

މުޙައްމަދު އަހުމަދު
Oct 12, 2021

ޔުއެފާއިން ކަންކަން ނިންމާއިރު ކުޅުންތެރިންނާ މެދު ވިސްނުމުގެ ބަދަލުގައި ހުރިހާ ކަމެއް ނިންމަނީ އަމިއްލަ ޖީބަށް ބެލުމަށް ފަހު ކަމަށް ބެލްޖިއަމް އަދި ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ތިބައު ކޯޓުއާ ބުނެފި އެވެ.

ކޯޓުއާ ސްކައި ސްޕޯޓްސްއަށް ބުނިގޮތުގައި މިގޭމަކީ މަނީ ގޭމެއް ކަމަށާއި މިހާރު މިއީ ދެބަސްނުވެވޭނެ ހަގީގަތެއް ކަމަށެވެ. ކޯޓުއާ ވަނީ ބެލްޖިއަމް ޓީމުގައި ހިމެނިގެން މިފަހަރުގެ ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލާއި ތިންވަނަ ހޮވާ މެޗު ކުޅެފަ އެވެ. ސެމީ ފައިނަލްގައި ފްރާންސް އަތުން ބަލިވެ ކެޓިއިރު ތިން ވަނަ ހޮވި މެޗުގައި އިޓަލީ އަތުން ވެސް ވަނީ ބަލިވެފަ އެވެ.

ކޯޓުއާ ބޮޑަށް ފާހަގަކުރީ ގައުމުތަކުން ސީރިއަސްކޮށް ނުނަގާ ފަދަ މުބާރާތެއް ނޭޝަންސް ލީގުގެ ނަމުގައި ކުރިއަށް ގެންދާތީ އެވެ.

ކޯޓުއާ ބުނީ މިމުބާރާތާއެކު އިތުރުވީ މުބާރާތެއްގެ ޕްރެޝަރެއް ކަމަށާއި އޭގެ ނަތީޖާ އަކަށްވީ ކުރިއަށް ވުރެ ބޮޑަށް ކުޅުންތެރިންނަށް ދިމާވާ އިންޖަރީގެ މައްސަލަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355