twitterviber whatsapp telegramfacebookyoutube instagram
29th March 2026

ފަހުވަގުތު ޖެހި ލަނޑާއެކު ލަކަޒޭޓް އާސެނަލް ސަލާމަތްކޮށްދީފި

މުޙައްމަދު އަހުމަދު
Oct 19, 2021

ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު އަލެކްސަންޑަ ލަކަޒޭޓް ޖަހައިދިން ލަނޑާއެކު ކްރިސްޓަލް ޕެލަސް އަތުން ބަލިނުވެ އާސެނަލް ސަލާމަތްވެއްޖެ އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 2 - 2 ން އެއްވަރުވެގެންނެވެ. ރޭގެ ނަތީޖާއާ އެކު އާސެނަލް އޮތީ 11 ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގަ އެވެ. ކްރިސްޓަލް ޕެލަސް އޮތީ ލީގުގެ 14 ވަނައިގަ އެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ އާސެނަލުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 8 ވަނަ މިނެޓްގައި ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އެވެ.

މެޗުގެ 50 ވަނަ މިނެޓްގައި ކްރިސްޓިއަން ބެންޓެކޭ ކްރިސްޓަލް ޕެލަސް އަށް އެއްވަރުކޮށްދިންއިރު މެޗުގެ 73 ވަނަ މިނެޓުގައި އޮޑްސަން އެޑޮއާޑް ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. އާސެނަލުން އެއްވަރުކުރި ގޯލު ޖެހީ އިތުރު ވަގުތުގެ 5 ވަނަ މިނެޓުގައި ލަކަޒޭޓް އެވެ. މިއީ މި ފަހަރު ލީގުގައި ލަކަޒޭޓްގެ ފުރަތަމަ ގޯލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355