twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރާއްޖޭގެ ފުރަތަމަ އަންހެން ޑްރެގް ރޭހުގެ ޗެމްޕިއަންކަން ޖޫލީއަށް

މުޙައްމަދު އަހުމަދު
Oct 22, 2021

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޔޫތް މިނިސްޓްރީއާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ބާއްވާ ސައިކަލު ރޭހުގެ އަންހެން ބައިގެ ޗެމްޕިއަންކަން އޮރި މޮޓޯސް ޓީމުގެ ޖުވައިރިޔާ މުޙައްމަދު (ޖޫލީ) ހޯދައިފި އެވެ.

އަންހެން ކެޓަގަރީގައި ކުރިއަށް ގެންދިޔައީ އެންމެ އިވެންޓެކެވެ. އެއިވެންޓްގެ ޗެމްޕިއަންކަން ޖޫލީ ހޯދީ ފައިނަލް ރޭހުގައި ދެބުރުންވެސް މެގްމާ ރޭސިންގެ ޔައްމި ބަލިކޮށްގެންނެވެ. މިކެޓަގަރީގައި ޖުމްލަ 9 ރައިޑަރުން ވާދަކޮށްފައިވެ އެވެ.

ޖޫލީ ފައިނަލަށް ދަތުރުކުރީ ދޮން އިބްރާހިމް ރޭސިންގެ ޕުޗޫ ބަލިކޮށްގެންނެވެ. ޔައްމި ފައިނަލަށް ދަތުރުކުރީ މެގްމާ ރޭސިންގެ ނަރީ ބަލިކޮށްގެންނެވެ.

ފިރިހެން ކެޓަގަރީގެ 125، 135 އަދި 150 ސީސީގެ ރޭސްތައް މިއަދު ހެނދުނު ނިމިފައިވާއިރު 125 ސީސީގެ ޗެމްޕިއަންކަން ހޯދީ މެގްމާ ރޭސިންގެ އަމީޒެވެ. އަމީޒު މިބައިގެ ޗެމްޕިއަންކަން ހޯދީ ފްރީ ރައިޑާސްގެ ލޫޓު ބަލިކޮށްގެންނެވެ. ފިރިހެން ކެޓަގަރީގައި ޖުމްލަ 34 ރައިޑަރުން ވާދަކުރެ އެވެ.

135 ސީސީގެ ޗެމްޕިއަންކަން ހޯދީ ދޮން އިބްރާހިމް ރޭސިންގެ އިބީ އެވެ. އިބީ މިރޭހުން މޮޅުވީ އޮރި މޮޓޯސްގެ ކުޑަ ރިއްޓެ ބަލިކޮށްގެންނެވެ. އިބީގެ ސައިކަލަށް އަންނަނީ މިމުބާރާތުގައި ގިނަ ބައެއްގެ ލޯތައް އަމާޒުވަމުންނެވެ. 150 ސީސީގެ ޗެމްޕިއަންކަން ހޯދީ ބީސްޓް ކްރޫގެ އަނީޒެވެ. އަނީޒް މިބައި ކާމިޔާބުކުރީ މެގްމާ ރޭސިންގެ ނާޖިހް ބަލިކޮށްގެންނެވެ.

މިރޭސް ބަލަން ކުޅުދުއްފުށީގެ އެތައް ބަޔަކު ރޭސްޖަހާ ސަރަހައްދު ވަށާލައިފައިވާއިރު ސަޕޯޓުގެ އަޑުވެސް އެހާމެ ގަދަ އެވެ. ސައިކަލު ރޭހުގެ އެންމެ ފަހު ބަޔަކަށް މިއަދު ހަވީރު އޮންނާނީ އޯޕަން އިވެންޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355