twitterviber whatsapp telegramfacebookyoutube instagram
21st September 2026

ޑައިނަސޯ ބިސްތަކެއް އާޖެންޓީނާއިން ފެނިއްޖެ

Oct 28, 2021

ޑައިނަސޯގެ ބިސްތަކެއް ލަފާކުރެވޭ ބިސްތަކެއް އާޖެންޓީނާގެ ޑައިނަސޯ ގްރޭވްޔާޑަކުން ފެނިއްޖެ އެވެ. އެ ބިސްތައް މިހާރު ނަގާ އިތުރަށް ޓެސްޓް ކުރަމުން ގެންދާއިރު ކޮށްފައިވާ ބައެއް ސްކޭންތަކަށް ބިނާކޮށް ސައިންސްވެރިން ބުނީ އެ ބިސްތައް ނިސްބަތްވަނީ ދިގު ކަރެއްލާފައި ހުންނަ ޑައިނަސޯގެ ވައްތަރެއްކަމަށްވާ މުސޯރަސް ޕެޓަގޮނިކަސް އަށެވެ.

އިންޑިޕެންޑެންޓް ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބިސްތަކުގެ ތެރޭގައި އެމްބްރިއޯސް އަދިވެސް އެބަ އޮތް ކަމަށާއި ބެލެވޭ ގޮތުގައި ބިސްތައް އަޅާފައިވަނީ 193 މިލިއަން އަހަރު ކުރިން ކަމަށްވެސް ސައިންޓިސްޓުން ހާމަކުރާކަމަށެވެ. ހުރިހާ ބިސްތަކެއްވެސް ފެނިފައިވަނީ އެއް ސަރަހައްސަކުންނެވެ.

މި ވައްތަރުގެ ޑައިނަސޯއަކީ އެއްކޮށް ބައިގަނޑުތަކަށް އުޅޭ އެއްޗެއްކަމަށާއި އެހެންކަމުން ބިސްވެސް އަޅަނީ އެއްކޮށްކަމަށް ސައިންސްވެރިން ހާމަކުރެއެވެ. ބިސްތަކުގެ ސައިޒް އާދައިގެ ކުކުޅެއްވަރު ވާކަމަށާއި އެކްސްރޭގެ އެހީގައި ބިސްތައް ހަލާކުކޮށްނުލާ ސްކޭންކޮށް އިތުރަށް ދަސްކުރަމުންދަކަމަށް ޖިއޮލޮޖިސްޓް ޑރ ޖަހަންދަރް ރަމެޒާނީ ބުންޏެވެ.

އެގޮތުން މި ބިސްތައް ނިސްބަތްވަނީ މުސޯރަސް ޕެޓަގޮނިކަސް ކަން ކަށަވަރުވީވެސް ހެދި ސްކޭންތަކަކުން ކަމަށް ޑރ ޖަހަންދަރް ބުންޏެވެ. މި ވައްތަރުގެ ޑައިނަސޯ 20 ފޫޓަށް ދިގުވެއެވެ. އަދި ބަރުދަނުގައި 900 އެއްހާ ކިލޯ ހުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293