twitterviber whatsapp telegramfacebookyoutube instagram
7th January 2026

ރިޒާވް އެއް ބިލިއަން ޑޮލަރަށް އަރައިފި

ޚަދީޖާ އާދަމް
Oct 30, 2021

ދަރަނީގެ ގޮތުގައި ދައުލަތުން ނަގަން ނިންމި ބައެއް އަދަދުތައް ލިބުމާއެކު، ރާއްޖޭގެ ދައުލަތުގެ ޖުމްލަ ރިޒާވް އެއް ބިލިއަން ޑޮލަރަށް މަތިވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އޮކްޓޫބަރު އިކޮނޮމިކް އަޕްޑޭޓްގައިވާ ގޮތުން ރާއްޖޭގެ އޮފިޝަލް ރިޒާވް މިހާރު ވަނީ އެއް ބިލިއަން ޑޮލަރަށް އަރާފަ އެވެ. މިއީ ރާއްޖޭގެ އޮފިޝަލް ރިޒާވްގެ ނަމްބަރު އެއް ބިލިއަން ޑޮލަރަށް އުފުލުގެ ފުރަތަމަ ފަހަރެވެ.

ރިޒާވް މަތިވީ އެކި ފަރާތްތަކުން ދަރަނީގެ ގޮތުގައި ނެގި ފައިސާ ޖަމާވުމުންނެވެ. މިގޮތުން 2020 ވަނަ އަހަރު ރިޒާވް އިތުރުވީ އިންޑިއާއިން ނެގި 400 މިލިއަން ޑޮލަރުގެ ޑޮލަރު ސްވޮޕްގެ ސަބަބުންނެވެ. އެމްއެމްއޭގެ އިކޮނޮމިކް އަޕްޑޭޓް ދައްކާ ގޮތުން ސެޕްޓެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި ހުރީ 874.3 މިލިއަން ޑޮލަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355