twitterviber whatsapp telegramfacebookyoutube instagram
10th October 2026

އަންނަ އާދިއްތައިގައި 100 ރުފިޔާގެ އާ ނޫޓު ނެރެނީ

Jan 14, 2025

އަންނަ ހަފުތާގެ އާދިއްތައިގައި، ފަހުން ޗާޕުކުރި 100 ރުފިޔާގެ ނޫޓުތައް ދައުރު ކުރުމަށް ނެރޭނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން ބުނީ އާ ޗާޕުގެ 100ގެ ނޫޓުތައް ދައުރު ކުރާއިރު، މިހާރު ބޭނުންކުރަމުންދާ ނޫޓުތައް ވެސް ދައުރު ކުރަމުންދާނެ ކަމަށެވެ.

އާ ޗާޕުގެ 100 ރުފިޔާ ނޫޓުގެ ދެ ފަރާތުގައި ވެސް ދިވެހި ރުފިޔާގެ ނިޝާން ޖަހާފައި ހުންނާނެއެވެ. އެއީ ނޫޓުގެ މޫނުމަތީގެ ވާތްފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުން ކަނާތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކުގައެވެ.

އެ ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ ކުރީގެ ގަވަރުނަރު އަލީ ހާޝިމެވެ. އެ ނޫޓުތަކުގައި ވާ ތާރީހަކީ ހަތެއް ޖުލައި 2024 އަދި އެކެއް މުހައްރަމް 1446އެވެ.

ދިވެހި ރުފިޔާގެ ނިޝާނެއް ތައާރަފުކޮށްފައިވަނީ ޖުލައި 3، 2022ގައެވެ. އެ ނިޝާން ޖަހައިގެން ފުރަތަމަ ނެރުނީ 50 ރުފިޔާގެ ނޫޓު ކަމަށްވާއިރު އެ ނޫޓު ދައުރުކުރަން ފެށީ ޑިސެމްބަރު 1، 2022ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293