twitterviber whatsapp telegramfacebookyoutube instagram
7th May 2024

އަލިފާނުގެ ހާދިސާތަކުން މުދަލަށް ލިބޭ ގެއްލުން އަނބުރާ ހޯދުމަށް އެލައިޑު

Feb 15, 2022
1

ގެދޮރު ބިނާ ކުރަނީ އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ދާ އޮހޮރުވައިގެން އެއްކުރާ ފައިސާ ކޮޅަކަށެވެ. ނުވަތަ މުޅި އުމުރު ދުވަހުން ސަލާމަތް ނުވެވޭވަރުގެ ބޮޑު ދަރަންޏެއް ބޮލުގަ އަޅައިގެން ނަގާ ލޯނަކުންނެވެ. ނަމަވެސް ދިމާވާ ހާދިސާއަކުން މަދު ސިކުންތު ކޮޅެއްގެ ތެރޭގައިވެސް އެ މުދަލާއި ގޯތި ގެދޮރު އަނދާ އަޅިއަށްވެ، ވެއްޔާ އެކުވެގެން ގޮސްފައިވާ ހާދިސާ ތަކަކީވެސް ރާއްޖޭގައި މަދުން ނަމަވެސް މިހާރު ހިނގާ ހިތާމަވެރި ހާދިސާ ތަކެކެވެ.

އެހެން ކަމުން ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާ ފަދައިން އެފަދަ ހާދިސާތަކުން ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށް އިންޝުރަންސް މެދުވެރިކޮށް ހޯދިދާނެ ފަސޭހަތައް އެބަހުއްޓެވެ.

އަލިފާން ރޯވެގެން ހިނގާ އެފަދަ ހާދިސާތަކުގެ ސަބަބުން އަމިއްލަ ގެދޮރަށާއި މުދަލަށް އަދި ހިފާގެންގުޅޭ ސާމާނަށް ލިބޭ ގެއްލުން ކުޑަކޮށް، ގެއްލުމުގެ ބަދަލު ހޯދުމަށް އިންޝުއަރަންސް ޕްލޭނެއް ނެގުމަކީ ވަރަށް މުހިންމު ކަމެކެވެ.

އެގޮތުން އިމާރާތާއި ގެދޮރުގެ އިތުރުން މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އިންޝުއަރަންސް ކުރުމަށް އެލައިންޑުން އަންނަނީ "ފަޔާ އެންޑް އެޑިޝަނަލް ޕެރިލްސް"ގެ ނަމުގައި އިންޝުއަރަންސް ސްކީމެއް ދެމުންނެވެ.

މި ސްކީމްގެ ދަށުން އަލިފާނުގެ ހާދިސާއެއްގައި ގޯތި ގެދޮރަށްވާ ގެއްލުމާއި، ކުލީގެ ގެއްލުމާއި، ފަރުނީޗަރަށް ލިބޭ ގެއްލުމުގެ އިތުރުން ސްޓޮކްގައިވާ ތަކެއްޗާއި މެޝިންތަކާއި ޕްލާންޓްތައް އަދި ސާވޭ ފީތަކާއި ކުރެހުމުގެ އަގު އިންޝުއަރަންސް ކުރެވެ އެވެ.

އިންޝުއަރަންސް ދާއިރާގައި އެންމެ ތަޖުރިބާކާރުވުމުގެ އިތުރުން އެންމެ ބޮޑު ސާވިސް ޕްރޮވައިޑަރުންގެ ނެޓުވޯކު އޮންނަނީ އެލައިޑުގަ އެވެ. އެލައިޑްގެ އިންޝުއަރަންސް ޕެކޭޖުތަކުން ކަވަރުކޮށްދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު އެލައިޑު އިންޝުއަރަންސްގެ ވެބްސައިޓުން ލިބޭނެ އެވެ. އެގޮތުން އިންޝުއަރަންސް ޕްލޭނެއް ނެގުމަކީ އިންޝުއަރަންސް ކުންފުންޏާއެކު ޕާޓްނަޝިޕެއް އުފެއްދުން ފަދަ ކަމެކެވެ. އޭގައި ދެ ފަރާތުގެ ވެސް ޒިންމާތަކެއްވެ އެވެ.

އެގޮތުން އަލިފާނުގެ ހާދިސާއަކުން ލިބޭ ގެއްލުން ތަކުން ސަލާމަތްވުމަށް މުދަލުގެ ވެރިފަރާތުންވެސް އެ ވަގުތަކު ކުރަންޖެހޭ ކުރިހާ ޒިންމާތަކެއް އަދާކުރަން ވާނެއެވެ. އަދި ތިންވަނަ ފަރާތަކަށް ލިބިދާނެ ގެއްލުމަކަށްވެސް ސަމާލުކަން ދިނުމުގެ އިތުރުން ވަގުތުން ޕޮލިހަށް ގުޅާ ރިޕޯޓު ކުރަން ޖެހެ އެވެ.

އެގޮތުން އިންޝުއަރަންސް ޕްރޮވައިޑާގެ ހައިސިއްޔަތުން އެލައިޑް އިންޝުއަރަންސްގެ އިރުޝާދު ލިބުމުގެ ކުރިން ލިބޭ އެއްވެސް ގެއްލުމެއްގެ މަރަމާތު ނުކުރަން ސަމާލުވުމަށް އެ ކުންފުނިން އެދެއެވެ.

އެލައިޑް އިންޝުއަރަންސްގެ ހިދުމަތްތަކަކީ ނަގަން ފަސޭހަ, އަދި ބޭނުންކުރަން ވެސް ފަސޭހަ ހިދުމަތްތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355