twitterviber whatsapp telegramfacebookyoutube instagram
29th March 2024

އޮޑީގެ ފަށަން ދަމާލާ ހަމައިންވެސް އިންޝުއަރެންސްގެ ރައްކާތެރިކަން މުހިއްމު

Feb 25, 2022

އެންމެންނަށްވެސް އެނގޭނެ ފަދައިން ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑެވެ. އުކާލެވިފައި އޮތް ކުދި ކުދި ރަށްތަކެއް ވަށައިގެން މިއޮތީ މާސިންގާ ކަނޑެވެ. އަޅުގަނޑުމެން ދިވެހީން މިއީ ކަނޑުގެ ދަރިންނެވެ.

އެހެންކަމުން އަންޒަމާނުން ފެށިގެން ދިވެހިންނަކީ ކަނޑަށް ވަރުގަދަ ބައެކެވެ. ކެއިން ބުއިމަށާއި ޒަރޫރީ ތަކެތި ހޯދުމަށް އޮޑި ދޯނިފަހަރުތައް ބަނދެ، އެކި ކަރަތަކަށްވެސް ދަތުރުކުރި ފަހުލަވާނުންނެވެ. އަދިވެސް އެއްރަށުން އަނެއް ރަށަށް ދަތުރުކުމުގައި އެންމެ މައިގަނޑުކޮށް ބޭނުންކުރަނީ ކަނޑު ދަތުރުގެ ހިދުމަތެކެވެ. އޮޑި ދޯނިފަހަރު ބަނުމަށް މޮޅެތި ވަޑިން ޒަމާނުންސުރެ ރާއްޖޭގެ އުޅެމުންދިޔައީ އެހެންވެ އެވެ. އެއީ ކަވި ބުރަ މަސައްކަތެކެވެ. ނަމަވެސް ޒަމާނާއެކު ފައިބަރާއި އެހެނިހެން ޒަމާނީ ވަސީލަތްތައް އޮޑިދޯނި ފަހަރު ބަނުމުގައި ބޭނުން ކުރެއެވެ.

ޒަމާން ބަދަލުވެ ޓެކްނޮލޮޖީ ކުރިއަރައިގެން ދިޔަނަމަވެސް އޭރުވެސް މިހާރުވެސް އޮޑިވެރިންނަށް އޮންނަ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑު އަގުގައި ބަންނަ އޮޑިއަށް ވެދާނެ ބޮޑު ގެއްލުމަކަށެވެ. އޮޑި ބަންނަށް ފަށައި ބޮޑު ބައެއް ނިމޭއިރަށް އޮޑިހަރުގޭގައި ބަޔަކު ހުޅު ޖަހާ ރޯކުރުމަކީވެސް ހަމަ އާންމުކޮށް ބައެއް ރަށްރަށުގައި ހިނގާ ކަމެކެވެ. އަދި ބޯޓު ބަނުމުގެ މަރުހަލާގައި ކަރަންޓް ޝޯޓުވެ ހިނގާ ހިތާމަވެރި ހާދިސާތައްވެސް މަދެއްނޫންވެ. އޮޑިބޭލުމަށްފަހު ކަނޑުމަތީގައި ހިނގާ ހާދިސާތައްވެސް މަދެއްނޫނެވެ. ނޫންނަމަ މޫސުންގޯސްވެ އޮޑި ބަނޑުން ޖަހާލައި ނުވަތަ ގިރިއަކަށް އަރާ އޮޑިއަށް ލިބިދާނެ ގެއްލުމަކީވެސް އޮޑިވެރިންގެ ބޮލުގަރިހުމަކަށްވާނެ ކަމެވެ.

އާ ކޮޅު އޮޑިއަށް ލިބޭ މިފަދަ ބޮޑުތި ގެއްލުމުން މުޅި މީހާ މާޔޫސްކޮށްލައި އުންމީދުތައް ފެނަށް ދުއްވާލަ އެވެ. އެކަމަކު މިއަދު އެކަމަށް ހައްލެއް އެބައޮތެވެ.

ބޯޓު ބިލްޑިންގ އިންޝުރެންސް

ބޯޓު ބިލްޑިންގ އިންޝުރެންސް އަކީ ދޯނީގެ ފަށަންބަހައްޓައި މަސައްކަތް ފަށާހިސާބުން ނެގުން މުހިއްމު އިންޝުރެންސް އެކެވެ. މިއިންޝުރެންސްގައި ދޯނިބަންނަ ހަރުގެއާ، ހަރުގޭގައި ބަހައްޓާފައި ހުންނަ ޓޫލްސް އާއި އިކުއިޕްމަންޓް އަދި ސްޓޮކް ފަދަ ތަކެއްޗަށް ލިބޭ ގެއްލުން ކަވާރ ކޮށްދެއެވެ. މިގޮތުން އަލިފާނުގެ ހާދިސާތައް، ފެންބޮޑުވުން، ވައްކަންކުރުން، އެއްޗެއް ގޮވުންފަދަ ކަމެއް ދިމާވެއްޖެ ނަމަ ލިބޭ ގެއްލުމުގެ ބަދަލު އިންޝުރެންސް އިން ހޯދިދާނެއެވެ.

މެރިން ހަލް އިންޝުރެންސް

މެރިން ހަލް އިންޝުރެންސް އަކީ ބޯޓު މޫދަށް ބޭލުމަށްފަހު، ކަނޑުމަތީގައި ހިނގާ ހާދިސާތަކަށް ނަގާ އިންޝުރެންސް އެކެވެ. މިގޮތުން ކަނޑުގަދަވެގެން ހިނގާ ހާދިސާތައް، އަލިފާން ރޯވުން، ވައްކަންކުރުން، ފަޅުވެރިންގެ އިހުމާލުން ލިބޭ ގެއްލުންތައް ފަދަ ކަންތައްތައް ކަވާކުރާނެއެވެ.

އެލައިޑްއިން މިވަނީ އޮޑީގެ ފަށަން ދަމާލާ ހިސާބުން އޮޑި އިންޝުއަރ ކުރެވޭނެ ގޮތް ހޯދާދީފައެވެ. ރާއްޖެފަދަ 99 އިންސައްތަ ކަނޑު އޮންނަ ގައުމެއްގައި އޮޑިދޯނިފަހަރުގެ އިންޝުރެންސް އަކީ މުހިއްމު އެއްޗެކެވެ. ހަރުބަހެއްގައި ބުނާހެން ރައްކާވެތިބިއްޔާ ދަތުރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355