twitterviber whatsapp telegramfacebookyoutube instagram
9th May 2024

ވޯލްޑް ކަޕް: ގަދަބާރުތައް ކޮލިފައިވިއިރު ޕޯޗުގަލް އުދަނގޫ ހާލަތަކަށް!

މުޙައްމަދު އަހުމަދު
Nov 15, 2021

ރޭ އަދި ކުރީރޭ ކުޅެވުނު މެޗުތަކުން މޮޅުވެ ކްރޮއޭޝިއާ އާއި ސްޕެއިން، ބެލްޖިއަމާއި ފްރާންސް އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ހޮވުނުއިރު އަމިއްލަ ދަނޑުގައި ސާބިއާ އަތުންވީ ބައްޔާއެކު ޕޯޗުގަލް އުދަނގޫ ހާލަތަކަށް ވެއްޓިއްޖެ އެވެ.

އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ދެވަނަ ހޯދި ކްރޮއޭޝިއާއިން ރޭ 1 - 0 ން ރަޝިއާ ބަލިކުރިއިރު ސްވިޑަންގެ މައްޗަށް ސްޕެއިން އިން ކުރިހޯދީ ހަމަ 1 - 0 ންނެވެ. އަދި ކުރީރޭ ފްރާންސުން ވަނީ 8 - 0 ން ކަޒަކިސްތާން ބަލިކޮށްފަ އެވެ. އަދި ބެލްޖިއަމުން ވަނީ 3 - 1 ން އެސްޓޯނިއާގެ މައްޗަށް ކުރި ހޯދާފަ އެވެ.

ޕޯޗުގަލަށް އެއްވަރުކޮށްލައިގެން ވެސް ވޯލްޑް ކަޕަށް ކޮލިފައިވެވެން އޮތް މެޗުގައި ބަލިވިއިރު އެ މެޗުން މޮޅުވި ސާބިއާ ވަނީ ވޯލްޑް ކަޕްގެ ޖާގައެއް ހޯދާފަ އެވެ.

ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި ދުނިޔޭގެ ރޭންކިން އެއް ވަނަ ބެލްޖިއަމްގެ އިތުރުން ވޯލްޑް ކަޕުން ޖާގަ ހޯދި ބައެއް ޓީމުތަކަކީ ހޯސްޓްގެ ހައިސިއްޔަތުން ގަތަރާއި ކޮލިފައިން ބުރުން ވޯލްޑް ކަޕްގެ ޖާގަ ހޯދި ޑެންމާކް، ޖަރުމަނު އަދި ބްރެޒިލްގެ އިތުރުން ސްޕެއިނާއި ކްރޮއޭޝިއާ އަދި ސާބިއާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355