twitterviber whatsapp telegramfacebookyoutube instagram
29th March 2026

ވަޓްފޯޑް އަތުން ލަދުވެތި ގޮތަކަށް ޔުނައިޓެޑް ބަލިވިއިރު ކޯޗުކަމުން ސޯލްޝެއާ ވަކިކުރަނީ

މުޙައްމަދު އަހުމަދު
Nov 21, 2021

ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ވަޓްފޯޑް ބައްދަލުކުރި މެޗުން 4 - 1 ގެ ލަދުވެތި ނަތީޖާއަކުން ޔުނައިޓެޑް ބަލިވުމުން އެޓީމުގެ ކޯޗުކަމުން އޮލެ ގުނަ ސޯލްޝެއާ ވަކިކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑް އެންމެފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފަ އެވެ. ޔުނައިޓެޑް އެންމެ ފަހުން ހަތް މެޗުން މޮޅުވީ އެންމެ ފަހަރަކު އެވެ. ބަލިވި މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން 5-0 އިންނާއި މެންޗެސްޓާ ސިޓީ އަތުން 2-0 އިން ބަލިވި މެޗެވެ.

މިދިޔަ ޖުލައި މަހު ސޯލްޝެއާ ޔުނައިޓެޑްގެ ކޮންޓްރެކްޓް 3 އަހަރަށް އާ ކުރިނަމަވެސް އެކަށީގެންވާ ކުރިއެރުމެއް ނުފެނުނެވެ. އެހެންނަމަވެސް ޔުނައިޓެޑުން ސޯލްޝެއާ ވަކިކޮށްފިނަމަ ބަދަލެއްގެ ގޮތުގައި ނުވަ މިލިއަން ޑޮލަރު ކުލަބުން ދޭންޖެހޭނެ އެވެ.

ސޯލްޝެއާ ވަކިކުރުމުން ޔުނައިޓެޑްގެ ނަޒަރު ހުއްޓޭނެ ކޯޗުންގެ ތެރޭގައި ފާހަގަކޮށްލެވެނީ ޕީއެސްޖީގެ މައުރީސިއޯ ޕޮޗެޓީނޯ ލެސްޓާ ސިޓީގެ ބްރެންޑަން ރޮޖާސް އަދި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒިނެދިން ޒިދާނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355