twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބޮޑު ތިލަދުންމައްޗަށް 630 މިލިއަން، ޔާސިރުގެ އުއްމީދީ ވާހަކަތަކެއް

މުޙައްމަދު އަހުމަދު
Nov 23, 2021
7

މިފަހަރު ދައުލަތުން ކަނޑައަޅާ ބަޖެޓުގެ ތެރެއިން ބޮޑު ތިލަދުންމައްޗަށް 630 މިލިއަން ކަނޑައަޅާ ކަމަށާއި އަދި ގިނަ މަޝްރޫއުތަކެއް ވެސް ހިންގާނެކަމުގެ އުފާވެރި ހަބަރު ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުލްލަތީފް ދެއްވައިފި އެވެ.

ޔާސިރު މިހެން ވިދާޅުވީ 2022 ވަނަ އަހަރަށް ދިވެހި ދައުލަތުން ފޮނުވާފައިވާ ބަޖެޓުގެ ބަހުސްކުރައްވަމުންނެވެ.

މިބަޖެޓުގެ ތެރެއިން 630 މިލިއަން ހއ ހދ ށ އަތޮޅަށް ކަނޑައަޅާ ކަމަށާއި މީގެއިތުރުން އެތައް އަގުތަކެއް ކަނޑައަޅާކަމަށް ޔާސިރު ވިދާޅުވި އެވެ. ޔާސިރު ވިދާޅުވީ އަޅުގަނޑުމެން އުތުރުގެ އިގްތިސާދީ ދުވެލި ހަލުވި ކުރުމަށްޓަކައި އަޅުގަނޑުމެންނަށް މިވަގުތު ގެނެވޭނެ އެންމެ ބޮޑު ދެބަދަލަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްގީކުރުން ކަމަށެވެ.

މިދެކަންތައް އަންނަ އަހަރު ކުރިއަށްދާނެކަމަށް ޔަގީންކުރާ ކަމަށާއި ދިވެހިރާއްޖޭގެ ސަރަހައްދީ ބަނދަރުތަކުގެ ތެރެއިން ތިނަދޫއާއި ހިތަދޫ އާއި ކުޅުދުއްފުށީ ބަނދަރު ތަރައްގީކުރުމަށް ކަނޑައެޅިފައިވުމަކީ އުފާކުރާ ކަމެއްކަމަށް ޔާސިރު ވިދާޅުވި އެވެ.

"ހަމައެއާއެކީގައި އަޅުގަނޑު ފާހަގަކޮށްލަން އަޅުގަނޑުމެން މިދައްކާ ވާހަކަ ދައުލަތުން ކުރާ ހަރަދާއެކީގައި އަޅުގަނޑުމެން ރައްޔިތުން އެކަމަކާއެކީގައި ކުރަންޖެހޭ ހަރަދު އެބަކުޑަވޭ." ޔާސިރު ވިދާޅުވި އެވެ.

ކުދި ރަށްރަށުގައި ތިބޭ ރައްޔިތުން ސިއްހީ ނިޒާމު ރަނގަޅުވުމުގެ ސަބަބުން އެމީހުންގެ ޖީބުން މީގެ ކުރިން ކުރަމުން އައި އެތަކެއް ހަރަދުތަކެއް ކެނޑިގެންދާކަން ވެސް ފާހަގަކުރައްވަމުން ޔާސިރު ވިދާޅުވީ މިބަޖެޓުގައިވެސް އަދި އިތުރަށް ކިތަންމެ ކަމެއް ސިއްހީ ނިޒާމު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ކަމަށެވެ.

އޭގެތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އާ އިމާރާތް ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުވޭތް ފަންޑުގެ ދަށުން އަންނަ އަހަރު ފެށިގެންދާނެކަމުގެ އުފާވެރި ހަބަރު ޔާސިރު ވަނީ ދެއްވާފަ އެވެ. ހަމައެއާއެކު މިހާރު ހުރި ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމަށް އޯޕީޑީއާއި އިތުރު ހިދުމަތްތައް ފެށިގެންދާނެކަން ވެސް ޔަގީންކުރައްވާކަމަށް ޔާސިރު ވިދާޅުވި އެވެ.

ޔާސިރު ފާހަގަކުރެއްވި ގޮތުގައި ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމެވެ. ޔާސިރު ވިދާޅުވީ އަންނަ އަހަރު ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށާއި އަންނަ އަހަރަކީ އެމަސައްކަތް ފެށިގެންދާނެ އަހަރަށް ވާނެކަމުގެ އުއްމީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާ ކަމަށެވެ.

އޭގެތެރެއިން 400 ޔުނިޓް ޑޮމެސްޓިކް ބަޖެޓުގެ ތެރެއިން ގާއިމުކުރެވޭއިރުގައި އަދި އިތުރު ގޮތަކުން 1000 ޔުނިޓް ކުޅުދުއްފުށީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެޅިގެންދާނެކަމަށް ޔަގީންކުރައްވާކަމަށް ޔާސިރު ވިދާޅުވި އެވެ. އަދި އެތައް ކަމެއް ބަޖެޓުގެ ތެރެއިން ކަނޑައެޅިފައިވާކަން ފާހަގަކުރެއްވި އެވެ.

ބަޖެޓަކީ ޖަހާ އަދަދުތަކެއް. އަޅުގަނޑުމެންކުރާ އުއްމީދުތަކެއް. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ނިންމާލަމުންވެސް ރައްޔިތުން ބޭނުންވަނީ އަދަދެއް ނޫން ރައްޔިތުން ބޭނުންވަނީ ކަންކަން" ޔާސިރު ވިދާޅުވި އެވެ.

މީގެއިތުރުން މިހާރު ކަނޑައަޅާފައި އޮތް ބަޖެޓަކީ ސަރުކާރަކަށް މިވަގުތު ފޮނުވޭނެ ހަމަ އެންމެ ރަނގަޅު ބަޖެޓުކަމުގައި ޔާސިރު ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355