twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޗެލްސީއާއި ޔުނައިޓެޑް ދެވަނަ ބުރަށް، ބާސާއަށް އިތުރު ޕްރެޝަރެއް

މުޙައްމަދު އަހުމަދު
Nov 24, 2021

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅެވުނު ފޯރިގަދަ މެޗުތަކަށް ފަހު އެންމެފަހުގެ ޗެމްޕިއަން ޗެލްސީއާއި ރޮނާލްޑޯގެ ޔުނައިޓެޑް ދެވަނަ ބުރުން ޖާގަ ހޯދިއިރު ދެވަނަ ބުރުން ފުރުސަތު ހޯދަން ސްޕެއިނުގެ ގަދަބާރު ބާސެލޯނާއަށް އޮތް ޕްރެޝަރު އިތުރަށް ބޮޑުވެއްޖެ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީން ވަނީ 4 - 0 ގެ ނަތީޖާއަކުން ޔުވެންޓަސް ބަލިކޮށްފަ އެވެ. އެހެންނަމަވެސް ރޭ އަމިއްލަ ދަނޑުގައި ލަލީގާގެ ގަދަބާރު ބާސެލޯނާއިން ވަނީ ޕޯޗުގަލްގެ ބެންފީކާއާ 0 - 0 އިން އެއްވަރުވެފަ އެވެ.

ގްރޫޕް އެޗްގެ އެއްވަނައިގައި އޮތް ޗެލްސީ އާއި ދެވަނައިގައި އޮތް ޔުވެންޓަސް އަށް ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު ފަސް މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ތިންވަނައިގައި އޮތީ ރަޝިއާގެ ޒެނިޓް ޕީޓާސްބާގް އެވެ. އަދި އެންމެ ފުލުގައި އޮތް ސްވިޑެންގެ މަލްމޯއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ބާސާއަށް ދެވަނަ ބުރުން ފުރުސަތެއް ލިބެން އަންނަނީ މިހާތަނަށްކުޅުނު ފަސް މެޗުން ވެސް މޮޅުވެފައިވާ ބަޔާން މިއުނިކާ ދެކޮޅަށް ރަށުން ބޭރުގައި ނަތީޖާ ނެރެގެންނެވެ.

ބާސެލޯނާ ހިމެނޭ ގްރޫޕް އީގެ އެއްވަނައިގައި 15 ޕޮއިންޓާ އެކު ބަޔާން އޮތްއިރު ދެވަނައިގައި ބާސެލޯނާ އޮތީ ހަތް ޕޮއިންޓާ އެކު އެވެ. ބެންފީކާ އަށް ފަސް ޕޮއިންޓް ލިބުނުއިރު ޑިނަމޯ ކިއޭވް އޮތީ އެއް ޕޮއިންޓް ހޯދައިގެން އެންމެ ފުލުގަ އެވެ.

މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓި ޔުނައިޓެޑް ވަނީ އެޓީމުގެ ތަރި ރޮނާލްޑޯގެ ހިތްވަރުން ވިޔަރެއާލްގެ މައްޗަށް މޮޅެއް ހޯދާފަ އެވެ. ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ މިފަހަރު ފަސް މެޗުން ހަ ގޯލު ޖެހިއިރު ޔުނައިޓެޑް މިވަނީ 2 - 0 ން ވިޔަރެއާލް ބަލިކޮށް ބާކީ މެޗެއް އޮއްވާ 10 ޕޮއިންޓާއެކު ގަދަ 16 އަށް ދަތުރުކޮށްފަ އެވެ.

އެއްވަނައިގައި 10 ޕޮއިންޓާއެކު ޔުނައިޓެޑް އޮތްއިރރު ދެވަނައިގައި ވިޔަރެއާލް އޮތީ ފަސް މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި އޮތް އެޓަލަންޓާ އަށް ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު އެންމެ ފުލުގައި އޮތް ޔަންގް ބޯއީޒްއަށް ހަތަރު މެޗުން ލިބުނީ ތިން ޕޮއިންޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355