twitterviber whatsapp telegramfacebookyoutube instagram
10th November 2026

މޯލްޑިވިއަންއިން ޑާކާ ޓިކެޓް އަގުހެޔޮކޮށްފި

ޚަދީޖާ އާދަމް
Nov 25, 2021

ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ޓިކެޓުގެ އަގު މޯލްޑިވިއަން އިން ހެޔޮކޮށްފި އެވެ.

މޯލްޑިވިއަނުން ބުނީ ޑާކާގެ ދެކޮޅު ޓިކެޓް ފެށޭ އަގު ވަނީ 406 ޑޮލަރަށް ދަށްކޮށްފަކަމަށާއި އެއްކޮޅު ޓިކެޓެއްގެ ފެށޭ އަގު މިހާރު އުޅެނީ 225 ޑޮލަރަށް ކަމަށެވެ.

ޑާކާގެ ޓިކެޓު އަގުހެޔޮ ކުރުމުގެ އިތުރުން އެ މަންޒިލަށް ދާން ބޭނުންވާ މީހުންނަށް ބެގޭޖް އެލަވެންސް ވެސް މިހާރު ވަނީ އިތުރު ކޮށްފަ އެވެ. އެގޮތުން، މިހާރު ކޮންމެ ފަސިންޖަރަކަށް 40 ކިލޯ ބެގޭޖް އެލަވެންސް ލިބޭނެ އެވެ.

މޯލްޑިވިއަން އިން ޑާކާ އަށް ދަތުރުތައް އަލުން ފެށީ މި އަހަރުގެ ޖުލައި މަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293