twitterviber whatsapp telegramfacebookyoutube instagram
12th February 2026

މެންޗެސްޓާ ސިޓީއާއި ރެއާލް މެޑްރިޑް ގަދަ 16އަށް، ޑޯޓުމަންޑް ޔޫރޮޕާ ލީގަށް!

މުޙައްމަދު އަހުމަދު
Nov 25, 2021

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް މުބާރާތުގެ ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްފި އެވެ.

މިދިޔަ ސީޒަނުގެ ރަނަރަޕްކަން ހޯދި ސިޓީން ވަނީ ރޭ އަމިއްލަ ދަނޑުގައި 2 - 1 އިން ޕީއެސްޖީ ބަލިކޮށްފަ އެވެ. ރެއާލުން ރަށުންބޭރުގައި މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލް އަތުން 3 - 0 އިން ވަނީ މޮޅުވެފަ އެވެ.

ގްރޫޕް ޑީގެ އެއްވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު ރެއާލް އެވެ. ދެވަނައިގައި އިންޓަ އޮތީ 10 ޕޮއިންޓް ލިބިގެންނެވެ. ތިންވަނައިގައި އޮތް ޝެރިފަށް ލިބުނީ ހަ ޕޮއިންޓެވެ. ފުލުގައި އޮތް ޝަހުތަރަށް އެންމެ ޕޮއިންޓެކެވެ.

ސްޕޯޓިން ލިޒްބަންގެ އަތުން އަމިއްލަ ދަނޑުގައި 3 - 1 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިވެ އެޓީމު ވަނީ މުބާރާތުން ކަޓާ ޔޫރަޕާ ލީގުގައި ވާދަކުރަން ޖެހިފަ އެވެ.

ގަދަ 16 މިހާތަނަށް ޔަގީންކުރި ޓީމުތައް:

1. ލިވަޕޫލް

2. ބަޔާން މިއުނިކް

3. އަޔަކްސް

4. މެންޗެސްޓާ ސިޓީ

5. މެންޗެސްޓާ ޔުނައިޓެޑް

6. ޕީއެސްޖީ

7. ސްޕޯޓިން ލިޒްބަން

8. ރެއާލް މެޑްރިޑް

9. އިންޓަ މިލާން

10. ޗެލްސީ

11. ޔުވެންޓަސް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355