twitterviber whatsapp telegramfacebookyoutube instagram
27th April 2024

ހޯރަފުށީގައި ގާއިމްކުރާ އައިސް ޕްލާންޓު މަސްވެރިންގެ ދުވަހު ހުޅުވަނީ

މުޙައްމަދު އަހުމަދު
Nov 25, 2021

ހޯރަފުށީގައި ގާއިމްކުރާ އައިސް ޕްލާންޓު މަސްވެރިންގެ ދުވަހު ހުޅުވާނެކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.

ޑިސެމްބަރު 10 ވަނަ ދުވަހު މަސްވެރިންގެ ދުވަސް ފާހަގަކުރާއިރު ދެ ރަށެއްގެ އައިސް ޕްލާންޓު ހުޅުވައި ހިދުމަތްދޭން ފަށަން ނިންމާފައިވާކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ ވަނީ ވިދާޅުވެފަ އެވެ.

ފައުޒީ މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މިވަގުތު މިފްކޯގައި 20 އައިސް ޕްލާންޓު އެބަހުރި ކަމަށެވެ. އަދި އޭގެތެރެއިން 2 އައިސް ޕްލާންޓެއް ހިދުމަތަށް ނެރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފައުޒީ ވިދާޅުވި އެވެ.

އެއީ ހއ. ހޯރަފުށި އަދި ކ. ގާފަރުގައި ގާއިމްކުރަމުންދާ އައިސް ޕްލާންޓުކަން ފައުޒީ ފާހަގަކުރެއްވިއިރު ޑިސެމްބަރު 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހު މި ދެ އައިސް ޕްލާންޓުވެސް ހުޅުވާ ހިދުމަތްދޭން ފަށާނެކަމަށް ފައުޒީ ވިދާޅުވި އެވެ.

ފައުޒީ ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށުގައި މިވަގުތު އޮޕަރޭޓްކުރަމުންދަނީ 17 އައިސް ޕްލާންޓެއް ކަމަށާއި މި ތަންތަނުގައި 730 ޓަނުގެ ކެޕޭސިޓީ އެބަހުރި ކަމަށެވެ.

ފައުޒީ ވިދާޅުވީ 13 އައިސްޕްލާންޓެއް ތަރައްގީކުރުމަށް މިނިސްޓްރީން ނިންމާފައިވާކަމަށާއި އެއީ ހއ. ދިއްދޫ، ހއ. ހޯރަފުށި، ށ.ކޮމަންޑޫ، ރ.މަޑުއްވަރީ، ކ.ގާފަރު، ފ.ފީއަލި، މ.މުލައް، ދ.ކުޑަހުވަދޫ، ގއ.ގެމަނަފުށި، ލ.މާމެންދޫ، އދ.މަހިބަދޫ، އއ.ރަސްދޫ އަދި ގދ.ފިޔޯރީގައި ކަމަށް ފައުޒީ ވިދާޅުވި އެވެ.

ގެމަނަފުށީގައި 50 މެޓްރިކް ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކުރަން ނިންމާފައިވާއިރު ބާކީ ރަށްތަކުގައި ގާއިމްކުރަނީ 25 މެޓްރިކް ޓަނުގެ އައިސް ޕްލާންޓުތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355