twitterviber whatsapp telegramfacebookyoutube instagram
28th March 2024

މޮޅު ކުޅުމަކާއެކު އީޝަލް ތާރީހުގެ ތެރެއަށް، ޕެރަ ބެޑްމިންޓަނުން ރާއްޖެއަށް މޮޅެއް

މުޙައްމަދު އަހުމަދު
Dec 6, 2021

ބަހްރޭންގައި މިހާރު ކުރިއަށްދާ ޕެރަ ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެ ހައްވާ އީޝަލް ރިޔާޒް ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗަކުން މޮޅުވެ ތާރީހުން ޖާގަ ހޯދައިފި އެވެ.

އީޝަލް ހިމެނޭ ގްރޫޕްގައި ފަސް ކުޅުންތެރިން ވާދަކުރެ އެވެ. އިއްޔެ އީޝަލް ވަނީ އޭނާގެ ހަތަރު މެޗު ވެސް ކުޅެފަ އެވެ. އެގޮތުން ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ޝޯމީ މޮޒުމްދާރު އަތުން އީޝަލް މޮޅުވީ 21 - 18، 21 - 13 ންނެވެ. ދެން އެންމެ މޮޅަކާ ކައިރިވީ ބޫޓާންގެ ސަޕުނާ ސުއްބާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗު ދިޔައީ 21 - 19، 22 - 20 ންނެވެ.

އީޝަލްގެ އަނެއް މެޗުގައި ޗައިނީސް ޓައިޕޭގެ ޔޫ ޔެން އަތުން 21 - 02، 21 - 02 ން ބަލިވިއިރު އިންޑިއާގެ ނިތިޔާ ސުމާތީ އަތުން ބަލިވީ 21 - 02، 21 - 03 ންނެވެ.

ގިނަ ބަޔަކު އީޝަލްއަށް ތައުރީފުކުރަމުން އަންނައިރު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ރާއްޖޭގެ ތާރީހަށް ބެލިޔަސް އީޝަލް މި ހޯދި ކާމިޔާބީ ހާއްސަވާނެ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ.

އަދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ އީޝަލް ހޯދި ތާރީހީ ކާމިޔާބީގެ ފަހަތުގައި އޮތީ ހިތްވަރުއެލުވާނުލައި ކުރި މަސައްކަތް ކަމަށެވެ.

މިމޮޅާ އެކު އީޝަލް ވެގެންގޮސްފައި މިވަނީ ރާއްޖޭގެ ތާރީހުގައި އިންޓަނޭޝަނަލް ޕެރަ ބެޑްމިންޓަން މުބާރާތެއްގައި ފުރަތަމަ ފަހަރަށް ވާދަކޮށް ފުރަތަމަ މޮޅު ހޯދި ހަމައެކަނި ކުޅުންތެރިޔާ އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355