އިންސާނާގެ ހަށިގަނޑަކީ ވަރަށް ފުރިހަމަ ނިޒާމެއްގެ ދަށުން މާތްﷲ އުފައްދަވައިފައިވާ އެއްޗެކެވެ. އިންސާނާގެ ހަށިގަނޑުގައި ބައިވަރު ގުނަވަންތައް ހިމެނެ އެވެ.
ގުނަވަންތަކާ ބެހޭ ފުރިހަމަ މައުލޫމާތު ކޮންމެ މީހަކަށް ވެސް އެނގުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. އެގޮތުން މައިދާއަކީ ވެސް އިންސާނާގެ ހަށިގަނޑުގެ ވަރަށް މުހިންމު ގުނަވަނެކެވެ. މައިދާއާއި މައިދާގެ ސިއްރުތަކަށް ބަލާލާއިރު މައިދާއަކީ ކޯޗެއްކަން އެނގުން މުހިންމެވެ.
އެގޮތުން މައިދާ ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ ސްޓޮމަކް (ބަނޑު) އަކީ ތޮޅިއެއްގެ ބައްޓަމަން އެތެރެ އޮންނަ މަޑުމަހުން އުފެދިފައިވާ ގުނަވަނެކެވެ. ކާތަކެތި ހަފައި ދިރުވުމަށްފަހު އަންނަ ހަޖަމުކުރުމުގެ ދެވަނަ މަރުހަލާ ފުރިހަމަކުރަނީ މައިދާގެ ތެރޭގައި ކަމަށްވާއިރު ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރާ ގެސްޓްރިކް ނުވަތަ ގެސްޓްރޯ ފަދަ ބަސްބަހުން ދޭހަކޮށްދެނީ މައިދާއާއި ގުޅުންހުރި ނުވަތަ ބަނޑާއި ގުޅުންހުރި މިހެންނެވެ.
މައިދާ އަކީ އެތެރެހަށީގެ ގުނަވަން ތަކުގެ ތެރެއިން އެންމެ ފުޅާ އެންމެ ތަނަވަސް ޖާގައެއް އެތެރޭގައިވާ ގުނަވަނެވެ. މައިދާ އެކުލެވިގެންވަނީ މައިގަނޑު 2 ބައެއްގެ މައްޗަށެވެ. އެއީ ފަންޑަސް، ޖިސްމު، އަދި އެންޓްރަމް އެވެ.
މައިދާއަކީ ވަރަށް ގިނަ އެއްޗެހިތަކެއް އެކުލެވޭ ގުނަވަނެކެވެ.
މައިދާގެ އެތެރޭގެ ދުލިފަށް ނުވަތަ އިނގިރޭސި ބަހުން ގޭސްޓްރިކް މުކޯސާއިން މައިދާގެ ތެރެއަށް ހުޅުވިފައި ހުންނަ ކުދި ގްލޭންޑް ތަކެއް ހުރެ އެވެ. މައިދާގެ ކާތަކެތި ހިގާ ހޮޅި އާއި ކައިރި ހިސާބު އަދި ކުޑަ ގޮހޮރު އާއި ކައިރި ހިސާބު ގައި ހިމެނޭ ގްލޭންޑް ތަކުގައި މައިގަނޑު ގޮތެއްގައި ހުންނަނީ މިޔޫކަސް ނުވަތަ ދަވަ ދޫކުރާ ސެލްތަކެވެ. އެކަމަކު ފަންޑަސް އަދި މައިދާގެ މައިގަނޑު ބައި ނުވަތަ ޖިސްމުގެ ފާރުގައި އެކި ވައްތަރުގެ ސެލްތައް ހިމެނެ އެވެ. އެއީ
1. ޕަރައިޓަލް ސެލް: ގެސްޓްރިކް އެސިޑް އަދި އިންޓްރިންސިކް ފެކްޓަރ ދޫކުރަނީ މިސެލްތަކުންނެވެ. ގެސްޓްރިކް އެސިޑް ދަގަނޑު ހަށިގަނޑަށް ނެގުމަށް އެހީތެރިވެދޭއިރު، އިންޓްރިންސިކް ފެކްޓަރ ވިޓަމިން ބީ12 ހަށިގަނޑަށް ނެގުމަށް ބޭނުންކުރަން ޖެހެ އެވެ.
2. ޕެޕްޓިކް ސެލް: ޕްރޮޓީން ބައިކުރާ އެންޒައިމް ތައް ކަމުގައިވާ ޕެޕްސިނަޖަން އަދި އެހެނިހެން އެންޒައިމްތައް މިވައްތަރުގެ ސެލްތަކުން ދޫކުރެ އެވެ.
3. މިޔޫކަސް ސެލް: މިޔޫކަސް ސެލް ނުވަތަ ދަވަ ބޭރުކުރާ ސެލް ތަކަކީ މައިދާގެ ތެރޭގައި ހުންނަ ސެލްތަކެކެވެ.
4. ޖީސެލް: މައިދާގެ ޕައިލޮރިކް އެންޓްރަމް ގައި ހިމެނޭ އެންޓްރަލް ގްލޭންޑް ތަކުގައިވާ ޖީ-ސެލް ތަކުން ގެސްޓްރިން ހޯރމޯން އުފައްދައި ދޫކުރެ އެވެ.
1. ހުޅުވުންތައް (އޯޕަންނިގސް):
ކާޑިއެކް އޮރިފިސް:-
މިއީ ކާތަކެތި ހިގާ ހޮޅި މައިދާ އަށް ހުޅުވިފައި އިންނަ ހުޅުވުމެވެ. މިހުޅުވުން އިންނަނީ ހަށިގަނޑު މެދުން ބައިކޮށްފައި ބެލުމުން 1 އިންޗި ވަރު ހަށިގަނޑުގެ ވާތް ފަރާތަށް ޖެހިފަ އެވެ.
ޕައިލޮރިކް އޮރިފިސް:-
މިއީ މައިދާއިން ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ޑުއަޑީނަމް އަށް ހުޅުވިފައި އިންނަ ހުޅުވުމެވެ. މިހުޅުވުން އިންނަނީ ހަށިގަނޑު މެދުން ބައިކޮށްފައި ބެލުމުން ބައި އިންޗި ވަރު ހަށިގަނޑުގެ ކަނާތް ފަރާތަށް ޖެހިފަ އެވެ. މިހުޅުވުން އިންނަތަން މައިދާގެ ބޭރު ސަތަޙައިން އެގެން އިންނަނީ އެހިސާބުގައި ވަށައިގެން ހެދިފައި އިންނަ ވަށް އަޑިކޮޅެއްގެ ސިފައިގަ އެވެ.
2. ބޯޑަރުތައް:
ލެސަރ ކާރވަޗަރ:-
މިއީ މައިދާގެ ކަނާތު ބޯޑަރެވެ. ލެސަރ އޯމެންޓަމް އިންނަނީ މިބޯޑަރުގައި ހަރުލާފަ އެވެ. އަދި މައިދާއަށް ލޭފޯރުކޮށްދޭ ލޭހޮޅިތައް މިބޯޑަރުގެ އެއްކޮޅުން އަނެއްކޮޅަށް ގޮސްފައި ހުރެ އެވެ. ލެސަރ ކާވަޗަރ އިންނަނީ ކާޑިއެކް އޮރިފިސް އާއި ޕައިލޮރިކް އޮރިފިސް އާއި ދެމެދުގައި މައިދާގެ ކަނާތު ބޯޑަރުން ފެށިގެން ފަހަތު ބޯޑަރަށް ވާގޮތަށެވެ.
ލެސަރ ކާވަޗަރ ޕައިލޮރިކް އޮރިފިސް ކައިރިން ނިމޭތާފައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އިންނަ ނޮޗް އެއް ވެއެއެވެ. މިނޮޗަށް ކިޔަނީ އިންސިސޫރާ އެންގިޔުލާރިސް އެވެ.
ހެޕަޓޯގެސްޓްރިކް ލިގަމެންޓްގެ ދެފަށަލަ ތަތްވެފައިވަނީ ލެސަރ ކާރވަޗަރ ގައެވެ.މިދެފަށަލަ ދެމެދުން ވާތު ގެސްޓްރިކް އާޓަރީ އާއި، ހެޕަޓިކް އާޓަރީ އިން އައިސްފައިވާ ކަނާތު ގެސްޓްރިކް ގޮފި އޭ ކިޔޭ ލޭހޮޅި ދައުރުކޮށްފައިވެ އެވެ.
ގްރޭޓަރ ކާރވަޗަރ:
މިއީ މައިދާގެ ވާތު ބޯޑަރެވެ. ގްރޭޓަރ އޯމެންޓަމް އިންނަނީ މިބޯޑަރުގައި ހަރުލާފަ އެވެ. އަދި މައިދާ އާއި އެހިސާބުގައިވާ އެހެން ބައިތަކާއި ދެމެދު ގުޅިފައި ހުންނަ އެއްސުން ތަކެއް ހިފިހަރުލާފައި ހުންނަނީ މިބޯޑަރުގަ އެވެ.
މިގޮތުން މިބައިގައި ހިފިހަރުލާފައި ހުންނަ އެއްސުން ތަކުގެ ތެރޭގައި ގެސްޓްރޯފްރެނިކް ލިގަމެންޓް، ގެސްޓްރޯސްޕްލެނިކް ލިގަމެންޓް ހިމެނެއެވެ. ގެސްޓްރޯފްރެނިކް ލިގަމެންޓް އަކީ މައިދާ އާއި ޑައަފްރަމް އާއި ދެމެދުގައި ވާ އެއްސުމެކެވެ. ގެސްޓްސްޕްލެނިކް ލިގަމެންޓް އަކީ މައިދާ އާއި ހުންކޮށި އާއި ދެމެދުގައިވާ އެއްސުމެކެވެ.
1. ކާތަކެތި ގުދަންކުރުން ނުވަތަ ރައްކާކުރުން
2. ކާތަކެތި މައިދާ ޖޫސް އާއި އެއްކޮށް މިކްސްކުރުން
3. މައިދާ ޖޫސް އާއި މަސްހުނިކުރެވުނު ކާތަކެތި މަޑުމަޑުން ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ޑުއަޑީނަމްއަށް ހުސްކޮށްލުން ނުވަތަ ފޮނުވައިލުން
4. މައިދާއިން ދޫކުރާ ގެސްޓްރިކް އެސިޑް ނުވަތަ ހައިޑްރޯކްލޮރިކް އެސިޑްގެ އެހީގައި މައިދާއަށް ކާތަކެތީގެ ޒަރީޢާއިން ވާށީލްވާ ޖަރާސީމްތައް ނައްތައިލުން
5. އާދައިގެ ސާދާ މާއްދާތައް ހަށިގަނޑަށް ދެމުން: މިސާލު ފެން، ބަނގުއާވި
6. ސަރުބީ ނުވަތަ ފެޓް އަދި ޕްރޮޓީން ހަޖަމުކުރުން: ފެޓް އަދި ޕްރޮޓީން ހަޖަމުކުރުމުގައި މައިދާއިން ދޫކުރާ އެންޒައިމްތައް ކަމަށްވާ ގެސްޓްރިކް ލައިޕޭސް އަދި ޕެޕްސިން ބައިވެރި ވެއެވެ. ޕެޕްސިން އަކީ މައިދާގެ ފާރުގައި ހިމެނޭ ޕެޕްޓިކް ސެލް ތަކުން ދޫކުރާ ޕެޕްސިނަޖަންއިން އުފެދޭ މާއްދާއެކެވެ.
7. ގެސްޓްރިކް އެސިޑް އުފެއްދުން: ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 3-2 ލިޓަރުގެ ގެސްޓްރިކް އެސިޑް މައިދާގެ ސެލްތަކުން އުފައްދައެވެ. ގެސްޓްރިކް އެސިޑް އުފައްދާ މިންވަރު އާންމު ގޮތެއްގައި ހެދުނު ގަޑީގައި މަތިވެފައި، ހަވީރު ގަޑީގައި ދަށްވެއެވެ. ގެސްޓްރިކް އެސިޑް ދޫކުރަނީ ޕަރައިޓަލް ސެލް ތަކުންނެވެ.
8. ލޭގެ ރަތް ސެލް އުފެއްދުމުގެ މަސައްކަތަށް އެހީތެރިވުން: މިމަސައްކަތަށް އެހީތެރިވަނީ ތަފާތު ދެ މާއްދާއިން މައިދާއިން އުފައްދައިގެންނެވެ. އެއީ ގެސްޓްރިކް އެސިޑް އަދި އިންޓްރިންސިކް ފެކްޓަރ އެވެ. ގެސްޓްރިކް އެސިޑް ދަގަނޑު ހަށިގަނޑަށް ނެގުމަށް އެހީތެރިވެދޭއިރު، އިންޓްރިންސިކް ފެކްޓަރ ވިޓަމިން ބީ12 ހަށިގަނޑަށް ނެގުމަށް ބޭނުންކުރަން ޖެހެ އެވެ.
9. ތަފާތު ހޯމޯންތައް އުފައްދައި ދޫކުރުން
މައިދާ އަށް ލޭފޯރުކޮށްދިނުމުގައި ތަފާތު 5 ލޭހޮޅިއަކުން މައިދާއަށް ލޭފޯރުކޮށްދެ އެވެ. އެއީ:
1. ކަނާތު ގެސްޓްރިކް އާޓަރީ
2. ވާތު ގެސްޓްރިކް އާޓަރީ
3. ކަނާތު ގެސްޓްރޯ-އެޕިޕްލޮއިކް އާޓަރީ
4. ވާތު ގެސްޓްރޯ-އެޕިޕްލޮއިކް އާޓަރީ
5. ކުރު ގެސްޓްރިކް އާޓަރީ
1. ބަނޑުގައި ރިއްސުން
2. ބަނޑުގައި ވައިހެދުން
3. ބަނޑުހިކުން
4. ހޮނޑުލުން
5. ގެސްޓްރިކް އެސިޑް ނުއުފެއްދުން
6. ގެސްޓްރިކް އެސިޑް އުފެއްދުން މަދުވުން
7. ޒޮލިންގާ އެލިސަން ސިންޑްރޯމް
8. މައިދާގެ ފާރު
9. މައިދާގެ ކެންސަރު
މައިދާގެ އިތުރުން ހަށިގަނޑުގެ ގުނަވަންތަކާއި އެހެނިހެން އެއްޗެއްސާ ބެހޭގޮތުން ސިއްހީ މައުލޫމާތު ހިމެނޭ އެހެނިހެން ވެބްސައިޓްތަކުން ފަސޭހަކަމާއެކު ހޯދާލެވެ އެވެ.