twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެންޑީ ރޮބާޓްސަންއަށް ހިނގޭކަން އެއީ އޭނާގެ ނަސީބު: ކްލެޓެންބާގް

މުޙައްމަދު އަހުމަދު
Dec 21, 2021

މިދިޔަ އާދިއްތަ ދުވަހު ޕްރިމިއާ ލީގުގައި ޓޮޓެންހަމާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުންއިރު އޮފިޝަލުންނާއި ރެފްރީންގެ ނިންމުންތަކަށް ކުރީގެ ޕްރިމިއާ ލީގު ރެފްރީ މާކް ކްލެޓެންބާގް ފާޑުކިޔައިފި އެވެ.

އެމެޗުގައި ޓޮޓެންހަމްގެ ކުޅަދާނަ ފޯވާޑް ހެރީ ކޭން ވަނީ ލިވަޕޫލްގެ ވާތުބެކް އެންޑީ ރޮބާޓްސަންއަށް ވަނީ ނުރައްކާތެރި ފައުލެއްކޮށްފަ އެވެ.

ރެފްރީ ޕައުލް ޓިއާނޭ ވަނީ ކޭންއަށް އެ ފައުލަށް ރީނދޫ ކާޑެއް ދައްކާފައިކަމަށްވާއިރު މެޗުގައި ރޮބާޓްސަންއަށް ވަނީ ފަހުން އެމާސަން ރޯޔަލްއަށް ކުރި ފައުލަކަށް ސީދާ ރަތްކާޑެއް ދައްކާފަ އެވެ.

"އަހަންނަށް ހީވަނީ ރޮބާޓްސަންގެ ޓެކުލްއަށްވުރެ ކޭންގެ ޓެކުލް މާ ނުރައްކާތެރިހެން" ކްލެޓެންބާގް ބުންޏެވެ.

ބީބީސީ ސްޕޯޓްސްއިން ރިޕޯޓުކުރާގޮތުގައި ކޭންއަށް ރަތްކާޑު ނުދެއްކީ ކޭންގެ ފައުލަށް ރޮބާޓްސަން އޭނާގެ ސްޓޭންޑިން ލެގް ހިއްލާލުމުން ކަމަށެވެ.

ކްލެޓެންބާގް ބުނިގޮތުގައި މިއީ ކޭންގެ މިފައުލަކީ މައްސަލައެއްކަމަށް ގަބޫލުނުކުރެވެންޔާ އެއީ ރަނގަޅަށް ވަޒީފާ އަދާނުކުރެވޭކަމުގެ މިސާލެކެވެ.

ރެފްރީންނަށް މީތި ރަނގަޅަށް ނުފެނުނަސް ވީއޭއާރްއަށް އަރާނެކަމަށާއި އެއީ ވީއޭއާރްގައި ހުރިހާ ދިމާލަކުން ބަލާލެވޭނެ ކަމަށް ކްލެޓެންބާގް ބުންޏެވެ. އަދި ސްލޯ މޯޝަނުގައިވެސް ބެލޭނެކަމަށް އޭނާ ބުންޏެވެ.

ކްލެޓެންބާގް ބުނިގޮތުގައި ރޮބާޓްސަންއަށް މިއަދު ހިނގޭކަމީ އޭނާ (ރޮބާޓްސަން)ގެ ނަސީބެވެ.

މިމެޗުގައި ކޭންއަށް ރަތްކާޑު ނުދެއްކުމުން ލިވަޕޫލްގެ ކޯޗު ޖާގެން ކްލޮޕްގެ އަމަލުތައް ހުރިގޮތުން ރެފްރީ އޭނާއަށްވެސް ކާޑެއް ދެއްކި އެވެ. ކްލޮޕްވަނީ ވީއޭއާރް ބެލުމަށް ވެސް ރެފްރީގެ ގާތުން އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355