twitterviber whatsapp telegramfacebookyoutube instagram
15th November 2026

ލީގު ކަޕްގެ ސެމީގައި ލިވަޕޫލާ އާސެނަލްގެ ކުރިމަތިލުމެއް، ޗެލްސީ ޓޮޓެންހަމާ ދެކޮޅަށް

މުޙައްމަދު އަހުމަދު
Dec 23, 2021

އިނގިރޭސި ލީގު ކަޕް (ކަރަބާއޯ ކަޕް)ގެ ސެމީ ފައިނަލުގައި ލިވަޕޫލާއި އާސެނަލް ބައްދަލުކުރަން ޖެހުނުއިރު ޗެލްސީއަށް ޓޮޓެންހަމާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

ސެމީގެ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 3 ގައި ކަމަށްވާއިރު ދެވަނަ ލެގު ކުޅޭނީ 10 ޖެނުއަރީގަ އެވެ. އަދި ފައިނަލް އޮތީ 27 ފެބްރުއަރީގަ އެވެ.

ސެމީ 1:

ފުރަތަމަ ސެމީގައި ބައްދަލުކުރާނީ ލިވަޕޫލާއި އާސެނަލެވެ. އާސެނަލް ސެމީއަށް ދަތުރުކުރީ ކުއާޓާގައި ސަންޑަލެންޑް ބަލިކޮށްފަ އެވެ.

ލިވަޕޫލް ވަނީ ރޭ ކުއާޓާ ފައިނަލުގައި ފަހަތުން އަރައި ލެސްޓާ ސިޓީއާ 3 - 3 އިން އެއްވަރުކޮށްފަ އެވެ. ޕެނަލްޓީ ޖަހައިގެން 5 - 4 އިން މޮޅުވެ ލިވަޕޫލް ސެމީއަށް މިވަނީ ދަތުރުކޮށްފަ އެވެ.

ސެމީ 2:

ދެވަނަ ސެމީ ފައިނަލުގައި ބައްދަލުކުރާނީ ކޮންޓޭގެ ޓޮޓެންހަމް ހޮޓްސްޕާސް އާއި ޓުޗެލްގެ ޗެލްސީ އެވެ.

ޓޮޓެންހަމް އިން ރޭ ކުޅުނު ކުއާޓާ ފައިނަލުގައި ވަނީ ވެސްޓް ހޭމް ޔުނައިޓެޑް 2 - 1 ން ބަލިކުރިއިރު ރަށުންބޭރުގައި ޗެލްސީ ވަނީ 2 - 0 ބްރެންޓްފޯޑްގެ މައްޗަށް ކުރިހޯދައިފަ އެވެ.

މީގެކުރިން 2015 ވަނަ އަހަރުގެ ލީގު ކަޕުގެ ފައިނަލުގައި ޗެލްސީއާއި ޓޮޓެންހަމް ބައްދަލުކުރި އެވެ. 2 - 0 ން އެމެޗުން ކުރިހޯދާ އެފަހަރުގެ ތަށި ހިއްލާލީ ޗެލްސީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293