twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޕްރިމިއާ ލީގުން ބޭއްވީ އެއްވެސް ބޭނުމެއް ނުހިފޭ ބޭކާރު ބައްދަލުވުމެއް: ކޮންޓޭ

މުޙައްމަދު އަހުމަދު
Dec 25, 2021

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކާއެކު އެ ލީގުގެ ބޯޑުން ބޭއްވީ އެއްވެސް ބޭނުމެއް ނުހިފޭ ބޭކާރު ބައްދަލުވުމެއް ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ޕްރިމިއާ ލީގުން ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމަކީ ކޮވިޑްގެ ސަބަބުން މި ދުވަސްވަރު އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ މެޗުތަކެއް ފަސްކުރަން ޖެހޭތީ ލީގު ކުރިއަށްދާއިރު އަމަލުކުރާނެ ގޮތެއް ކަނޑައަޅަން ބޭއްވުނު ބައްދަލުވުމެކެވެ.

މިމަހު އެކަނިވެސް ކޮވިޑްގެ ސަބަބުން ޖުމްލަ އެއްކޮށް 13 ޕްރިމިއާ ލީގު މެޗެއް ވަނީ ފަސްކޮށްފަ އެވެ. އެހެންނަމަވެސް މިބައްދަލުވުން ކޮންޓޭ ސިފަކުރީ "ވޭސްޓް އޮފް ޓައިމް" (ބޭކާރު ވަގުތުތަކެއް)ގެ ގޮތުގަ އެވެ.

"އަހަރެން އެ ބައްދަލުވުމުގެ ވާހަކަ ދައްކާކަށް ނެތިން. އެ ބައްދަލުވުމުގައި ކަން ހިނގި ގޮތަށް ބަލާއިރު، މަންޒަރުތައް ސިފަވީ އަހަރެމެން ވާހަކަ ދައްކަން ޖެހުނީ ފާރަކާހެން. އެއީ ކްލަބްތަކާ ބައްދަލުކުރަން އައިއިރު ވެސް ހުރިހާ ކަމެއް ނިންމާފައި އޮތީ. އަދި މި ބައްދަލުވުމަކީ ދައްކާލުމަށް ބޭއްވި ކަމެއް" ކޮންޓޭ ބުންޏެވެ.

ކްލަބްތަކާ އެކު ޕްރިމިއާ ލީގުން ބޭއްވި ބައްދަލުވުމުގައި އަންގާފައިވަނީ ކުރިއަށް އޮތްތަނުގައި މެޗުތައް ލަސްކުރުމުގައި އަމަލުކުރަން ނިންމާފައިވަނީ ޔުއެފާ ޕްރޮޓޮކޯލަށް ކަމަށެވެ.

ޔުއެފާއިން އަމަލުކުރަމުން އަންނަ އުސޫލުގައިވާ ގޮތުން މަދުވެގެން 13 ކުޅުންތެރިން، ކީޕަރެއް ހިމެނޭ ގޮތަށް ކޮވިޑަށް ޕޮޒިޓިވް ނުވެ ފިޓްކޮށް ހުރެފިނަމަ ޝެޑިއުލްގައިވާ މެޗު ކުޅެން ޖެހޭނެ ކަމަށް ވެސް ޕްރިމިއާ ލީގުން ބުނެފައިވެ އެވެ.

އެކަމަކު، ކޮވިޑް ކޭސްތައް ގިނަ ކްލަބެއްގައި ފުރަތަމަ ޓީމުގައި ރަޖިސްޓްރީކޮށްފައިވާ ކީޕަރެއް ނެތިއްޖެ ހާލަތެއްގައި ނޫނީ ފިޓްކޮށް ތިބި 13 ކުޅުންތެރިން ވެސް އެ ޓީމެއްގައި ހަމަނުވާނަމަ މެޗު ޖެހޭނީ ފަސްކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355