twitterviber whatsapp telegramfacebookyoutube instagram
5th June 2026

އެސެޓް ރިކަވަރީ ކޮމިޝަންގެ ހަރަދުތައް 9.9 މިލިއަން ރުފިޔާގައި

ޚަދީޖާ އާދަމް
Dec 26, 2021

އެސެޓް ރިކަވަރީ ކޮމިޝަނުން ހަތަރު އަހަރު ތެރޭގައި ކުރި ހަރަދުތައް 9.9 މިލިއަން ރުފިޔާއަށް އަރައިފި އެވެ. އެއީ އެ ކޮމިޝަން 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވުމާއި ހަމައިން ވޭތުވެދިޔަ 4 އަހަރުގެތެރޭގައި ކޮށްފައިވާ ހަރަދެވެ.

މައުލޫމާތު ހޯދައި ލިބި ގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން ވަނީ ތިން ކޮމިޝަނަކަށް ފާއިތުވީ އަހަރުތަކުގައި ކޮށްފައިވާ ހޭދަތައް ހޯދައިފައެވެ.

އެގޮތުން މަރާލައިފައިވާ އަދި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން ޕްރެސިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ އިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާތައް ބަލައި ކޮމިޝަންގެ ހޭދަތަކުގެ ތަފްސީލް ހޯދާފައިވާއިރު މީގެ ތެރެއިން ހަތަރު އަހަރު ތެރޭގައި އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނަށެވެ.

މި ކޮމިޝަން އުފެއްދެވީ ޓޫރިޒަމަށް ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތާއި ސަރުކާރުގެ ކުންފުނިތަކުން ހިންގި އެތައް ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355