twitterviber whatsapp telegramfacebookyoutube instagram
29th March 2026

އަންނަ އަހަރުގެ ސެންޓްރަލް ޒޯންގެ ދެ މުބާރާތް ބޭއްވުމުގެ ފުރުސަތުވެސް ރާއްޖެއަށް

މުޙައްމަދު އަހުމަދު
Dec 29, 2021

ސެންޓްރަލް ޒޯންގެ އަންހެން އަދި ފިރިހެން ވޮލީބޯޅަ މުބާރާތް އަންނަ އަހަރު ހޯސްޓްކުރުމުގެ ފުރުސަތު ރާއްޖެއިން ހޯދައިފި އެވެ

ހޯމަދުވަހު ބަންގްލަދޭޝްގައި ބޭއްވި އޭވީސީ އާއި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ބައްދަލުވުމުގައި ވަނީ އަންނަ އަހަރުގެ ސެންޓްރަލް ޒޯން އަންހެން އަދި ފިރިހެން މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ރާއްޖެއަށް ދީފަ އެވެ.

ވީއޭއެމްގެ އިސްވެރިން ވަނީ އަންނަ އަހަރު ސެންޓްރަލް ޒޯން ދެ މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ހޯދައިދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދީފަ އެވެ.

ރާއްޖެއިން މީގެ ކުރިން 2017 ވަނަ އަހަރު ސެންޓްރަލް ޒޯންގެ ދެ މުބާރާތެއް ހޯސްޓްކުރި އެވެ. މިދިޔަ އަހަރުގެ ސެންޓްރަލް ޒޯން އަންހެން މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނު ނަމަވެސް ކޮވިޑާހެދި މުބާރާތް ބޭއްވޭ ގޮތެއް ނުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355