twitterviber whatsapp telegramfacebookyoutube instagram
25th April 2024

ސްކޫލްތަކުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން އަންގައިފި

ނަބީލާ އިސްމާޢީލް
Jan 10, 2022

ކޮވިޑް-19 ފެތުރޭ މިންވަރު މިދުވަސްވަރު އިތުރުވެފައިވާތީ، ދެވަނަ ޓާމަށް ސްކޫލްތައް ހުޅުވާއިރު ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ސޮއިކުރައްވައި ހުރިހާ ސްކޫލްތަކާއި އެ މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ކިޔަވައިދޭ ތަންތަނަށް ވަނީ ސާކިއުލާއެއް ފޮނުވާފައެވެ.

ސާކިއުލާގައި އަމަލުކުރަން އެންގި ކަންކަން

  • ރާއްޖޭން ބޭރުން އަންނަ ދަރިވަރުން އަދި މުވައްޒަފުން ރާއްޖެ އައިސް ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުމަށްފަހު ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވުން.
  • މޮނިޓަރިންގައި އޮތް ރަށަކުން ދަރިވަރަކު ނުވަތަ މުވައްޒަފަކު މާލެ އަތުވެއްޖެނަމަ ގިނަވެގެން ހަތަރު ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށްފަހު ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވުން.
  • ސްކޫލު ތެރޭގައި އަބަދުވެސް މާސްކް އަޅައިގެން އުޅުމާއި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން،
  • ސްކޫލު ތެރޭގައި ގްރޫޕް ހަދައިގެން ކައިބޮއި ނުހެދުން.
  • ސްކޫލު ތެރޭގައި އެކުލަވާލާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަ އަށް ތަންފީޒުކުރުން.

އަދި ދުނިޔޭގެ ބައެއް ގައުމުތަކުން ފެނިފައިވާ އޮމިކްރޯން ވޭރިއަންޓާ ގުޅިގެން އެޗްޕީއޭއިން އާންމު ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށްވެސް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

އަތޮޅުތެރެއާއި މާލެ ސަރަހައްދުގައި ވެސް ކޮވިޑް ކޭސްތައް މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355