twitterviber whatsapp telegramfacebookyoutube instagram
10th August 2026

90.1 ޕަސެންޓް ދަރިވަރުން ވެކްސިން ފުރިހަމަކޮށްފި

ނަބީލާ އިސްމާޢީލް
Jan 12, 2022

ސްކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމްގެ ދަށުން .190 ޕަސެންޓް ދަރިވަރުން ވެކްސިން ފުރިހަމަ ކޮށްފި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ސުކޫލް ދަރިވަރުންގެ ތެރެއިން ވެކްސިން ޖަހައި ދެމުން އަންނަނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީންގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ މިހާތަނަށް 36029 ދަރިވަރުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އެއީ 218 ސްކޫލަކުންނެވެ.

ވެކްސިން ދެވަނަ ޑޯޒް މިހާތަނަށް ޖަހާފައިވަނީ 32358 ދަރިވަރުން ނެވެ. އެޑިއުކޭޝަނުން ބުނީ އެހެން ކަމުން 90.1 ޕަސެންޓް ދަރިވަރުން ވަނީ ވެކްސިން ފުރިހަމަކޮށްފައި ކަމަށެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ހިންގާ ވެކްސިން ޕްރޮގުރާމްގެ ތެރެއިން ޖަހައި ދެނީ ފައިޒާ ވެކްސިނެވެ.

ސްކޫލު ބަންދާ ދިމާކޮށް މި ދުވަސްވަރު ކޮވިޑް-19ގެ ކޭސްތައް އަންނަނީ އިތުރުވަމުން ނެވެ. ނަމަވެސް އަންނަ އާދިއްތަ ދުވަހު ސްކޫލުތަކުގެ ކިއެވުން ފެށޭއިރު އެޑިއުކޭޝަން މިނިސްޓްރީ ވަނީ ސްކޫލްތަކުގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ މިނިސްޓްރީން އަބަދުވެސް އިސްކަންދޭ ކަންތައް ކަމަށާއި އެހެން ކަމުން ޗުއްޓީއަށް އެހެން ރަށްރަށުގައި ތިބި ޓީޗަރުންނާއި ދަރިވަރުން އެނބުރި އެ ބަޔަކު ދިރިއުޅޭ ރަށަށް ދިއުމަށް ވަނީ އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355