twitterviber whatsapp telegramfacebookyoutube instagram
18th April 2024

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި 14 ޓީމަކުން ބައިވެރިވެއްޖެ

މުޙައްމަދު އަހުމަދު
Jan 14, 2022
1

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓްގައި 14 ޓީމަކުން ބައިވެރިވެއްޖެ އެވެ.

ޒިގްޒެގް ފޯ ޔޫތް ލިންކޭޖުން އިންތިޒާމުކޮށްގެން ބާއްވާ އޮފީސް ފުޓްސަލް މުބާރާތް މިއަހަރުގެ ފެބްރުއަރީ 1 ގައި ބޭއްވުމަށް ތައްޔާރުވެފައިވާއިރު މިމުބާރާތް އެންމެ ފަހުން ބޭއްވީ 2019 ވަނަ އަހަރު އެވެ. ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު މިމުބާރާތް ބާއްވާއިރު ޓީމުތަކުން މިހާރުވަނީ ޕްރެކްޓިސް ފަށާފަ އެވެ.

މިއީ ޒިގްޒެގުން ބާއްވާ މީގެ 8 ވަނަ މުބާރާތެވެ. އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކޭޕީއެލް ބަލިކޮށް ދިރާގެވެ.

މުބާރާތުގައި ބައިވެރިވި ޓީމުތައް:

1. ޕޮލިސް ކުލަބް
2. އިމިގްރޭޝަން
3. އާރްޑީސީ
4. ސީއާރްސީ
5. ކޭޕީއެލް
6. އުރީދޫ
7. އެސްޓީއޯ އާރްސީ
8. ކޭސީސީ އާރްސީ
9. ދިރާގު
10. ކުލަބް ކޭއާރުއެޗް
11. އަފީފުއްދީން އެސްއާރްސީ
12. އައިބީއެމް
13. އާރްއޭސީއެލް
14. ޓީމް ފެނަކަ

މިއަހަރު މިމުބާރާތް ބޭއްވުމަށް ތައްޔާރުވެފައިވާއިރު ޒިގްޒެގުން ހާމަކުރާ ގޮތުގައި މިމުބާރާތަކީ ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމާއިއެކު ފުޓުސަލްއަށް ޝައުގުވެރި ކުރުވުމެވެ. އަދި މުބާރާތެއްގައި ވާދަ ކުރުމުގެ ފުރުސަތު ސަރުކާރުގެ އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންނަށް ހޯދައިދިނުމާއި ސަރުކާރުގެ އޮފީސް / ކުންފުނިތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުމަކީ މިމުބާރާތުގެ މަގްސަދުކަމަށް ޒިގްޒެގުން ހާމަކުރެ އެވެ.

މިމުބާރާތަކީ ކުޅުދުއްފުށީގައި ބޭއްވޭ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތްކަމަށްވާއިރު މިމުބާރާތަށް ބޮޑު ހޭދައެއްކޮށް ދުރާލާ ޓީމުތަކުން ތައްޔާރުވާކަން ޒިގްޒެގުން ބުނެ އެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355