twitterviber whatsapp telegramfacebookyoutube instagram
28th April 2024

ގަވައިދާ ހިލާފަށް ކުޅުންތެރިޔަކު ޓީމުގައި ހިމެނިކަމަށް ބުނާ މައްސަލައެއް ފެންމަތިކޮށްފި

އަބްދުލް ވާހިދު ޙަސަން
Nov 2, 2023
13

ކުޅުދުއްފުށީގައި ކުރިއަށްދާ ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް މުބާރާތުގައި ކުލަބް ކޭއާރުއެޗުގެ މުވައްޒަފަކު ވަޒީފާ ހަމަނުޖެހެނީ ޓީމުގައި ހިމަނައި، ކުޅުނު މައްސަލައެއް ފެންމަތިކޮށްފި އެވެ.

ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ބާއްވާ މި ފުޓްސަލް މުބާރާތުގައި މިފަދަ މައްސަލައެއް ފެންމަތިކޮށް މައްސަލަ ބަލަން ހުށަހެޅީ ކޭސީސީއާރުސީ (ސިޓީ ކައުންސިލް) ގެ ޓީމުންނެވެ.

މައުލޫމާތު އެނގޭ އިތުބާރު ހުރި ބައެއް ފަރާތްތަކުން ކޭއޯއާ ވާހަކަދައްކަމުން ބުނެފައިވަނީ ކްލަބު ކޭއާރުއެޗުގެ ކުޅުންތެރިޔަކު ޓީމުގައި ހިމަނާފައިވަނީ އޭނާއަށް ކޭއާރުއެޗު ވަޒީފާ ހަމަނުޖެހެނީސް ކަމަށެވެ.

އެ ކުޅުންތެރިޔާއަށް ވަޒީފާ ހަމަޖެހުންކަމުގެ ޗިޓް ސިވިލް ސާވިސް އިން ހޮސްޕިޓަލަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަމަށާއި އެހެންނަމަވެސް މުބާރާތް 27 ވަނަ ދުވަހު ފެށިއިރު، ކުލަބް ކޭއާރުއެޗުގެ ޓީމުގައި އެ ކުޅުންތެރިޔާ ކުޅެފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ކުޅުނު މެޗުތަކުގައިވެސް އޭނާ ކުޅުނުކަމަށް ބުންޏެވެ.

މުބާރާތުގެ ގަވައިދު ބުނާގޮތުންނަމަ ޓީމު ލިސްޓްގައި އޮފީހުން ބޭރުން ހިމެނޭނީ ކޯޗު ފިޔަވާ އެންމެ ކުޅުންތެރިޔެވެ. އެ ޓީމުން ބޭރު ކުޅުންތެރިޔެއްގެ ގޮތުގައި ހިމަނާފައިވަނީ ޖާރޒީ ނަމްބަރު 10 އެކެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން ޒިގްޒެގް ފުޓްސަލް މުބާރާތުގެ ކޯޑިނޭޓަރ އިބުރާހިމް އިސްމާއިލް ވިދާޅުވީ، އެފަދަ މައްސަލައެއް ހުށަހެޅި ބަލާ ނިމިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މައްސަލަ ޖެހުނު ކުޅުންތެރިޔަކީ މިދިޔަ މަހުގެ 15 އިން ފެށިގެން ވޭޖް ކޮންޓްރެކްޓެއްގެ ދަށުން ކޭއާރުއެޗުގެ މުވައްޒަފެއް ކަމަށާއި އެހެންވުމުން އެ ކުޅުންތެރިޔާ ޓީމު ލިސްޓްގައި ހިމަނާފައިވަނީ ގަވައިދުގެ ތެރެއިންކަމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅި ފަރާތްތަށް އެކަން ނިންމި ގޮތް މިއަދު އަންގާނެކަމަށްވެސް އޭނާ ބުންޏެވެ.

މިއަހަރު މި މުބާރާތުގައި 11 ޓީމަކުން ވާދަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355