twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބީއެމްއެލް އިން ނުވަ ރަށެއްގެ ސެން ކްލާހަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި

ނަބީލާ އިސްމާޢީލް
Jan 24, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ނުވަ ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ.

ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ހަދިޔާކުރެވެނު އާލާތްތަކަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެކެވެ.

ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާ އެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 330 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. މިއަހަރު ބޭންކުން ސެން ކްލާސްތަކަށް މި ތަކެތި ހަދިޔާ ކޮށްފައިމިވަނީ 'އިންޓަރނޭޝަނަލް ޑޭ އޮފް އެޑިޔުކޭޝަން' ފާހަގަ ކުރަމުންދާ ދުވަހުއެވެ.

ތަކެތި ހަދިޔާ ކުރި ސްކޫލްތަކަކީ

  • ށ.ފުނަދޫ ސްކޫލު
  • ނ.ހޮޅުދޫ، މޭނާ ސްކޫލް
  • ޅ.ނައިފަރު، މަދްރަސަތުލް އިފްތިތާޙް
  • ކ.ގުރައިދޫ ސްކޫލް
  • އއ.އުކުޅަސް ސްކޫލް
  • އދ. މަހިބަދޫ، އދ.އަތޮޅު ތަޢުލީމީ މަރުކަޒު
  • ލ.ގަން، އިހައްދޫ ސްކޫލް
  • ގއ. ކޮލަމާފުށި، ގއ.އަތޮޅު ސްކޫލް
  • ގދ.މަޑަވެލި ސްކޫލް

ވޭތުވެދިޔަ ދެއަހަރު ތެރޭ ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ 29 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައި ކަމަށް އެ ބޭންކުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355