twitterviber whatsapp telegramfacebookyoutube instagram
22nd February 2026

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 8000 ލީޓަރުގެ ބިޔަރު ނައްތާލައިފި

ނަބީލާ އިސްމާޢީލް
Jan 24, 2022

މާލެ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 8000 ލީޓަރުގެ ބިޔަރު ނައްތާލައިފިއެވެ. އެތަކެތި ނައްތާލާފައި ވަނީ އިއްޔެ ކ. ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ ނައްތާލިތަކެތީގެ ތެރޭގައި 1059.85 ލީޓަރުގެ ބަނގުރަލާއި 8481.93 ލީޓަރުގެ ބިޔަރު ހިމެނޭ ކަމަށެވެ.

މި ތަކެތި ނައްތާލައިފައި ވަނީ ކަސްޓްމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މި ނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަންސް އިން އަމަލުކުރާ އުސޫލުގެ ދަށުން ކަމަށެވެ.

އަދި އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސް ގައި ހިފެހައްޓާފައި ހުންނަ ތަކެތި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ނައްތާލާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމަސް އިން ވަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނދުރާ ނައްތާލައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355