twitterviber whatsapp telegramfacebookyoutube instagram
25th April 2024

ސިޔާސީ ކަންކަމުގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުން ކުރުން ބަލައެއް ނުގަނެވޭނެ: އާތިފް

ނަބީލާ އިސްމާޢީލް
Jan 29, 2022
3

ސިޔާސީ ކަންކަމުގައި ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ ބޭނުންކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔާރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

އާތިފް މިފަދައިން ވިދާޅުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ "އިންޑިއާ އައުޓް" ގެ ކެމްޕޭން ހަރަކާތެއްގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯއެއް ބޭނުން ކުރުމުން އެ ކަމާއި ހިތްހަމަ ނުޖެހުން ފާޅު ކުރައްވާ، ކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ.

އާތިފްގެ ޕޯޓްގައި ވިދާޅުވީ ކުޅުއްފުށީ މާވާގޭ ޝަހީދު ހުސައިން އާދަމް އަކީ ދިވެހިރައްޔިތުންނާއި ދިވެހި ޤައުމާއި ވަޠަނަށް ނަޞްރު ހޯއްދަވައިދެއްވުމަށް އެ ބޭކަލެއްގެ މޭ ފޫޅު އައްޑަނައަކަށް ހައްދަވައި، އެތައް އުންޑައެއް އަރައި ޝަހީދުވެ ވަޑައިގެންނެވި ޤައުމީ ބަޠަލެއް ކަމަށާއި ދިވެހި ފަސްގަނޑުގައި އޭނާގެ ލޭގެ ކޯރު ދެމިގެން ދިޔައީ ފަހުރުވެރި އަދި ޝަރަފުވެރި ރީތި ނަމެއް ދިވެހިންނަށާއި ކުޅުދުއްފުށީގެ ރައްޔިތުންނަށް ހޯއްދަވައި ދެއްވުމަށް ފަހުގަ ކަމަށެވެ.

މީގެ އިތުރުން އެ ޕޯޓުގައި އާތިފް ވިދާޅުވީ މިއަދު ވަކި ގައުމަކާ ދެކޮޅު ހާރިޖީ ސިޔާސަތެއް ގެންގުޅުއްވާ ސިޔާސީ ޕާޓީއަކުން އެކަން ޕްރޮމޯޓް ކުރުމަށް ޝަހީދު ހުސެއިން އާދަމްގެ ފޮޓޯފުޅު ބޭނުންކުރުމަކީ ކުޅުދުއްފުށީ ދަރިއެއްގެ ހައިސިއްޔަތުން ބަލައިގަނެވޭނެ ކަމެއްނޫންކަމަށާއި މިހާރުން މިހާރަށް މި އަމަލު ހުއްޓާލަން ގޮވާލާ ކަމަށެވެ.

މޭޔަރު މިފަދައިން ވިދާޅުވެފައިވާއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މިއަމަލާއިމެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުއްލަތީފް ވެސްވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355