twitterviber whatsapp telegramfacebookyoutube instagram
10th May 2024

އެފްކޮންގެ ސެމީގައި މިސްރުން ކެމަރޫނާއި ދެކޮޅަށް، ސެނެގާލާއި ބުރްކީނާ ފާސޯގެ ކުރިމަތިލުމެއް!

މުޙައްމަދު އަހުމަދު
Feb 2, 2022

އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގައި މޮރޮކޯ 2 - 1 ން ބަލިކޮށް މިސްރު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދިއިރު ސެމީގައި މިސްރަށް މިފަހަރުގެ މުބާރާތުގެ ހޯސްޓް ކެމަރޫނާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.

ހަތް ފަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދި މިސްރު މިފަހަރުގެ ސެމީގައި މި ނުކުންނަނީ މިމުބާރާތުގެ ތަށި ފަސްފަހަރަށް ހާސިލްކޮށްފައިވާ ކެމަރޫނާ ދެކޮޅަށެވެ. ކެމަރޫން ސެމީއަށް ދަތުރުކުރީ ގެމްބިއާގެ މައްޗަށް 2 - 0 ކުރިހޯދައިގެންނެވެ.

އެފްރިކަން ކަޕްގެ އެއް ސެމީގައި މިސްރާއި ކެމަރޫން ކުޅެން ހަމަޖެހިފައިވާއިރު އަނެއް ސެމީގައި ސެނެގާލުން ބުރްކީނާ ފާސޯއާ ދެކޮޅަށް ނުކުންނާނެ އެވެ.

ސެނެގާލުން ސެމީން ޖާގައެއް ހޯދީ ކުއާޓާގައި އިކުއޭޓްރަލް ގިނީ އަތުން 3 - 1 ން މޮޅުވެގެންނެވެ. ސެނެގާލް ޖެހިޖެހިގެން ދެ މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރަށް މިފަހަރު ވާއިރު މީގެ ކުރިން ސެނެގާލް ޖުމްލަ ފަސް ފަހަރު ސެމީގައި ކުޅުނުއިރު، ދެ ފަހަރު ވަނީ ފައިނަލުން ބަލިވެފަ އެވެ.

ބުރްކީނާ ފާސޯ ސެމީގެ ޖާގަ ހޯދީ ޓީއުނީޝިއާގެ މައްޗަށް 1 - 0 ން ކުރި ހޯދައިގެންނެވެ. ސެމީގެ ފުރަތަމަ މެޗުގައި ސެނެގާލާ ބުރްކީނާ ފާސޯއާއި މާދަމާ ރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު ކުޅޭއިރު ދެވަނަ މެޗުގައި މިސްރުން ކެމަރޫންއާ ދެކޮޅަށް ނުކުންނާނީ ހުކުރު ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355