twitterviber whatsapp telegramfacebookyoutube instagram
6th February 2026

ފައިނަލުގެ ފަހު ޖާގަ މިސްރަށް، ސަލާހުއާއި މާނޭ ގަދަ ހިފުމަކަށް!

މުޙައްމަދު އަހުމަދު
Feb 4, 2022

އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ސެމީ ފައިނަލުގެ ފަހު މެޗުގައި ރޭ ޕެނަލްޓީ ޖަހައިގެން 3 - 1 ން މުބާރާތް ބާއްވާ ގައުމުކަމަށްވާ ކެމަރޫން ބަލިކޮށް މިސްރު ފައިނަލަށް ދަތުރުކޮށްފި އެވެ.

ރޭގެ މެޗުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އެހާ ރަނގަޅު ހުސް ފުރުސަތުތަކެއް ނުއުފެއްދުނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރުވަގުތުގައި ވެސް ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މިއަހަރު ފަހުކޮޅު ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕްގެ ޖާގައެއް ހޯދަން ވެސް އަންނަ މަހު ވޯލްޑް ކަޕް ކޮލިފައިންގައި ވެސް މިދެޓީމު ބައްދަލުކުރަން ޖެހޭނެ އެވެ.

ހަތް ފަހަރުގެ އެފްރިކާ ޗެމްޕިއަނުން ކަމަށްވާ މިސްރުން ސެމީގައި 3 - 1 ން ކެމަރޫން ބަލިކޮށް ފައިނަލަށް ދަތުރުކުރިއިރު ސެނެގާލް ފައިނަލަށް ދަތުރުކުރީ ސެމީގައި ބުރްކީނާ ފާސޯ ބަލިކޮށެވެ.

މިމެޗު ހާއްސަވެގެންދާނެ އެއް ސަބަބަކީ ސަލާހުއާއި މާނޭ އެވެ. ލިވަޕޫލަށް ކުޅޭ މިދެކުޅުންތެރިން އެފްރިކަން ޗެމްޕިއަންކަން ހޯދުމަށް ގަދަ ހިފުމަކަށް ދާނެއިރު މިމެޗު ވަރަށް ފޯރިގަދަވެގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355