twitterviber whatsapp telegramfacebookyoutube instagram
27th July 2026

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

Feb 6, 2022

ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް ރަށްރަށުގައި ހިންގާ އެކި ހަރަކާތްތަކަށް ފަންޑު ހޯދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް އެ ފަންޑުން ތަފާތު 20 ޕްރޮޖެކްޓަކަށް ފަންޑުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.


އެ ފަންޑުން އެހީ ދޫކުރަނީ އަހަރަކު ހަތަރު ބުރެއްގެ މަތިންނެވެ. މިއަދު ހުޅުވާލެވުނީ މި އަހަރުގެ ފުރަތަމަ ބުރެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ބައި ލައްކަ ރުފިޔާއާ ހަމައަށް މަޝްރޫއުތަކަށް ފައިސާ ދޫކުރެއެވެ. އަދި މަދަނީ ޖަމިއްޔާތަކުގެ އިތުރުން، ވަކިވަކި ފަރުދުންނަށް ވެސް މި ފަންޑަށް ކުރިމަތިލުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

އެ ފަންޑުގެ ދަށުން އެހީވުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ، ތައުލީމު، ކުޅިވަރު، ތިމާވެށި އަދި އިޖުތިމާއީ ތަރައްގީއެވެ.

މިފަހަރު މި ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މި މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށެވެ. ބީއެމްއެލުން އެދެނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް [email protected] އަށް އީމެއިލް ކުރުމަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އެ ބޭންކުން ވަނީ ފާއިތުވި އަހަރުތަކުގައި ޖުމްލަ 60 ޕްރޮޖެކްޓަކަށް އެހީވެފައެވެ. މީގެ ތެރޭގައި ޕާކުތަކާއި، މައިޒާންތަކާއި، ލައިބްރަރީތައް ފަދަ ޕްރޮޖެކްޓްތައް ހިމެނެއެވެ. އެ ޕްރޮޖެކްޓްތަކާއި އަދި ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތު އެ ބޭންކުގެ ވެބްސައިޓުން ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355