twitterviber whatsapp telegramfacebookyoutube instagram
10th May 2024

ލުކާކޫގެ ޖާދުލާއެކު އޭޝިއާގެ ޗެމްޕިއަން އަލް ހިލާލް ކަޓުވާލާ ޗެލްސީ ކުލަބް ވޯލްޑް ކަޕް ފައިނަލަށް!

މުޙައްމަދު އަހުމަދު
Feb 10, 2022

ރޭ ކުޅެވުނު ކުލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި 1 - 0 ން އޭޝިއާގެ ޗެމްޕިއަން އަލް ހިލާލް ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޗެލްސީ ފައިނަލަށް ގެންދިޔަ ލަނޑު އަދި މެޗުގައި ވެސް ފެނިގެންދިޔަ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅޭ ތަޖުރިބާކާރު ސްޓްރައިކަރު ރޮމެލޫ ލުކާކޫ އެވެ. ލުކާކޫ މިލަނޑު ކާމިޔާބުކުރީ ޗެލްސީގެ ކައި ހަވާޓްޒް ނަގައިދިން ހުރަހެއް އަލް ހިލާލް ކުޅުންތެރިން ސާފުކޮށްލަން އުޅުމުގެ ތެރޭގައި ބޯޅަ ހޯދައި ގޯލަށް ފޮނުވާލައިގެންނެވެ.

ހޮނިހިރު ދުވަހުގެރޭ ކުލަބް ވޯލްޑް ކަޕްގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވާއިރު ފައިނަލުގައި ޗެލްސީ ވާދަކުރަންޖެހޭނީ ބްރެޒިލްގެ ޕަލްމެއިރާސްއާ ދެކޮޅަށެވެ. ޕަލްމެއިރާސް ފައިނަލަށް ދަތުރުކުރީ ސެމީގައި އެފްރިކާގެ ޗެމްޕިއަން އަލް އަހްލީ 2 - 0 ން ބަލިކޮށްގެންނެވެ.

މިިދިޔަ ސީޒަނުގެ އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުނުއިރު، މި ފަހަރުގެ ސީޒަން ފެށުމުގެ ކުރިން ޔުއެފާ ސުޕަ ކަޕް ފައިނަލް ޗެލްސީން އެޓީމާއި މިދިޔަ އަހަރު ޖެނުއަރީ މަހު ހަވާލުވި ކޯޗު ތޯމަސް ޓުޗެލްގެ ދަށުން ކުޅުނެވެ.

އަދި އޭގެ އިތުރުން މި ސީޒަނުގައި ހަމަ ކޯޗު ޓުޗެލްގެ ދަށުން އިނގިރޭސި ލީގު ކަޕާއި ކްލަބް ވޯލްޑް ކަޕް ފައިނަލުގެ ޖާގަ ޗެލްސީން މިވަނީ ހޯދާފަ އެވެ. އެހެންނަމަވެސް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާ ރޭގެ މެޗުގައި ބައިވެރިނުވެ އެވެ.

ޗެލްސީއާ ޕަލްމެއިރާސް ބައްދަލުކުރާ މެޗު ހޮނިހިރު ދުވަހުގެ ރޭ ކުޅެވޭއިރު މިމެޗަކީ ފޯރިގަދަ މެޗަކަށްވެގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355