twitterviber whatsapp telegramfacebookyoutube instagram
1st June 2025

ވާދަވެރި ނޮޅިވަރަންފަރު ކަޓުވާލާ ކުޅުދުއްފުށި ފައިނަލަށް!

މުޙައްމަދު އަހުމަދު
Feb 11, 2022
1

މިހާރު ކުރިއަށްދާ ޓެކާސް މުބާރާތުގެ ހދ އަތޮޅު ބުރުގައި މިރޭ ވާދަވެރި މެޗަކަށް ފަހު ނޮޅިވަރަންފަރު ބަލިކޮށް ކުޅުދުއްފުށި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިރޭ ކުޅެވުނު މެޗުންވީ ބައްޔާއެކު ނޮޅިވަރަންފަރު މުބާރާތާ އަލްވަދާއުކިޔަން ޖެހުނުއިރު ކުމުންދޫއާއި ނޭކުރަންދޫ ވެސް ވަނީ މުބާރާތުން ކަޓާފަ އެވެ. މިރޭ ކުޅެވުނު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުޅުދުއްފުށީގެ ކުޅަދާނަ ގޯލްކީޕަރު މާހީ އަބްދުﷲ އެވެ.

ކުޅުދުއްފުށިން ފައިނަލަށް ދަތުރުކޮށްފައި މިވަނީ ތާވަލުގެ ދެވަނައިގައި ޖުމްލަ 9 ޕޮއިންޓާއެކު އެވެ. ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ކުޅުދުއްފުށިން ކާމިޔާބުކުރިއިރު ބަލިވީ ހަނިމާދޫ އަތުން އެކަންޏެވެ.

ފައިނަލުގައި ކުޅުދުއްފުށި ނުކުންނަން ޖެހޭނީ އާސިއްޕެގެ ކެޕްޓަންކަމުގެ ދަށުން ކުޅޭ ގަދަފަދަ ހަނިމާދޫއާ އެވެ. ވާދަވެރި މިދެޓީމު މިހާތަނަށް ފުޓްސަލްގެ ބޮޑު މުބާރާތެއްގައި ވާދަކޮށްފައިނުވި ނަމަވެސް ފުޓްބޯޅައިގައި މިދެޓީމަކީ ހދ އަތޮޅުގެ އެންމެ ބޮޑެތި އެއް ވާދަވެރިންނެވެ. މިދެޓީމުގެ ޒަމާންވީ ވާދަވެރިކަމަކީ މާދަމާގެ ފައިނަލު ފޯރިގަދަވެގެންދާނެ އެއް ސަބަބެވެ.

މާދަމާ ރޭ ކުޅެވޭ ފައިނަލުގައި ކުޅުދުއްފުއްޓާއި ހަނިމާދޫ ބައްދަލުކުރާއިރު ފައިނަލު ކުޅޭނީ ހދ. ނޮޅިވަރަންފަރު ޓާފް ދަނޑުގަ އެވެ. މިމެޗު ފަށާނީ މާދަމާ ރޭ 08:30 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355