twitterviber whatsapp telegramfacebookyoutube instagram
4th May 2026

ޓެކާސް ރިސޯޓް ކަޕް ޖުލައިމަހު ފަށަނީ، ޗެމްޕިއަން ޓީމަށް 5000 ޑޮލަރު

މުޙައްމަދު އަހުމަދު
Jun 6, 2024

ޓެކާސްއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޓެކާސް ރިސޯޓް ކަޕް 15 ޖުލައިގައި ކްރޮސްރޯޑްސްގައި ފަށާނެކަމަށް ޓެކާސްއިން އިއުލާން ކޮށްފި އެވެ.

ޖުމްލަ 7500 ޑޮލަރުގެ ޕްރައިޒް ޕޫލަކާއެކު މިއަހަރުގެ މުބާރާތް ބާއްވަން ހަމަޖެހިފައިވާއިރު މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ޑޮލަރުގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 2500 ޑޮލަރެވެ.

މިމުބާރާތް ކުރިއަށްދާނީ 8 އަތޮޅެއް ހިމެނޭނޭހެން މުޅި ރާއްޖޭގެ ފުޓްސަލްގެ ހުނަރާއި ފޯރި ގަދަވާނެ ގޮތަށެވެ. މިފަހަރުގެ މުބާރާތް ކުރިއަށް ދާނީ ކާފު އަތޮޅު ދެކުނުބުރި ، އަލިފް އަލިފް، އަލިފް ދާލު، ދާލު، ރާ، ބާ، ޅަވިޔަނި، ކާފު އަތޮޅު އުތުރުބުރި ހިމެނޭ ހެންނެވެ.

ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މިމުބާރާތް ފާހަގަވެގެން ދަނީ ދިވެހިރާއްޖޭގެ ކުޅިވަރު ކަލަންޑަރުގައި ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބޭ ވަރަށް ފޯރިއާއެކު އިންތިޒާރުކުރާ މުބާރާތަކަށެވެ.

ފަތުރުވެރިކަމުގެ އަގުހުރި ދާއިރާގައި ފުޓްސަލްގެ ހުނަރާއި ފޯރި ގެނައުމަށް ޓެކާސްއިން މަސައްކަތް ކުރާއިރު ޓެކާސްއިން ޔަގީންކަން ދެނީ ދެމަސްދުވަހު ރާއްޖޭގެ ފުޓްސަލްގެ ޗެމްޕިއަންކަމަށް ވާދަކުރާ 50 އަށްވުރެ ގިނަ މަތީފަންތީގެ ރިސޯޓްތަކުގެ މެދުގައި ބޭއްވޭ މިމުބާރާތާއެކު މިކުޅިވަރުގެ ފޯރި ގެނެސްދޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355