twitterviber whatsapp telegramfacebookyoutube instagram
18th April 2024

ޓެކާސްގެ އެފްއެމްސީޖީ ޕާޓްނަރެއްގެ ގޮތުގައި ވިލާ ޓްރޭޑިން

މުޙައްމަދު އަހުމަދު
Apr 18, 2023

ޓެކާސްގެ 2023 ގެ ހަރަކާތްތަކުގެ އެފްއެމްސީޖީ ޕާޓްނަރެއްގެ ގޮތުގައި ވިލާ ޓްރޭޑިން ސޮއިކޮށްފި އެވެ. މިއަހަރު ކުރިއަށް ގެންދިއުމަށް ޓެކާސްއިން ރާވާފައިވާ އިވެންޓްތަކަކީ ޓެކާސް ރިސޯޓް ކަޕާއި ރާއްޖެ ކަޕެވެ.

ރީޓެއިލްއާއި ހޯލްސޭލް އޮޕަރޭޝަންތައް ކުރިއަށް ގެންދާނީ ވިލާ ޓްރޭޑިން އެވެ. ރީޓެއިލް ވިޔަފާރިއަކީ ޓޮޕް ނޮޗް މުދާތައް ވާދަވެރި އަގުތަކެއްގައި ވިއްކުމަށް ހާއްސަވާ ވިޔަފާރި އެކެވެ.

ވިލާ މާޓަކީ ވިލާ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ އެކުންފުނީގެ ރީޓެއިލް ކުންފުންޏެކެވެ. ރާއްޖޭގެ ވެރިރަށް މާލޭގައި މިހާރުވެސް ވިލާ މާޓްގެ ބޮޑު ދެފިހާރަ ހުންނައިރު ވިލާ ކުންފުނީގެ އަމާޒަކީ އެމީހުންގެ ރީޓެއިލް ވިޔަފާރި އިތުރަށް ބޮޑުކުރުމަށް ގައުމުގެ އެކި ސަރަހައްދުތަކުގައި އެކުންފުނީގެ ތަންތަން ހުޅުވުމެވެ.

މިފަހަރުގެ ޓެކާސް މޯލްޑިވްސް ރިސޯޓް ކަޕުގެ ޗެމްޕިއަންކަން ހޯދުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ރިސޯޓުތައް ރިސޯޓް ކަޕްގައި ވާދަކުރާނެ އެވެ. މިފަހަރުގެ މުބާރާތް ކުރިއަށްދާނީ މިދިޔަ ފަހަރަށްވުރެ ދެ އަތޮޅު އިތުރުކޮށްގެންނެވެ. އެއީ ޖުމްލަ 8 އަތޮޅެވެ. (ދެކުނު ކާފު އަތޮޅު، އުތުރު ކާފު އަތޮޅު، އަލިފް ދާލް އަތޮޅު، އަލިފް އަލިފް އަތޮޅު، ބާ، ނޫނު އަދި ރާ އަތޮޅާއި ދާލު އަތޮޅު). ރިސޯޓުގެ ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުންނަކީ އޮޒެން ލައިފް މާދޫ އެވެ.

މިއަހަރު ޓެކާސް މޯލްޑިވްސް ކަޕުގެ ބަދަލުގައި އޮންނާނީ ރާއްޖެ ކަޕެވެ. އެންމެ ފުރަތަމަ ބޭއްވި ޓެކާސް މޯލްޑިވްސް ކަޕުގެ ތަށި ފައިނަލުގައި ހދ. ކުޅުދުއްފުށި ބަލިކޮށް ހިއްލާލާފައިވަނީ ގދ. ވާދޫ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355