މިދިޔަ ޖެނުއަރީ މަހު މީރާއަށް 2.36 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފިއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ އޮކްޓޫބަރު މަހު މީރާގެ އާމްދަނީ ރަނގަޅުވީ ޖީއެސްޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއާޕޯޓު ޓެކުހާއި ފީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމުންނެވެ.
މީރާއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށް ވުރެ 38.6 ޕަސެންޓު އަދި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 31.2 ޕަސެންޓު އިތުރު އަދަދެކެވެ.
ޖެނުއަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި ޖީއެސްޓީން ލިބުނު 1.05 ބިލިއަން ރުފިޔާއާއި އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު 864.41 މިލިއަން ރުފިޔާއާއި ޓޫރިޒަމް ލޭންޑް ރެންޓުން ލިބުނު 65 މިލިއަން ރުފިޔާގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 95.19 މިލިއަން ރުފިޔާއާއި ޓޫރިޒަމް ލޭންޑް ރެންޓުން ލިބުނު 84.49 މިލިއަން ރުފިޔާއާއި ލީސް ޕީރިއަޑް އެކްސްޓެންޝަންގެ ގޮތުގައި ލިބުނު 76.55 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 188.54 މިލިއަން ރުފިޔާ ލިބިފައި ވެއެވެ
މިދިޔަ މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ބުންޏެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 73.88 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.