twitterviber whatsapp telegramfacebookyoutube instagram
14th May 2026

ޕަލްމެއިރާސް ބަލިކޮށް ޗެލްސީއަށް ކުލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން!

މުޙައްމަދު އަހުމަދު
Feb 13, 2022

ދެކުނު އެމެރިކާގެ ޗެމްޕިއަންކަން ހޯދި ބްރެޒިލްގެ ޕަލްމެއިރާސް 2 - 1 ން ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޗެލްސީއަށް އެ ކްލަބްގެ ތާރީހުގައި މިހާތަނަށް ނުލިބި އޮތް ބޮޑު މުބާރާތަކީ ފީފާ ކްލަބް ވޯލްޑް ކަޕް އެވެ. އެކާމިޔާބީ ވެސް އެކުލަބުން ރޭ މިވަނީ ހޯދާފަ އެވެ.

ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނުކަމުގައިވީ ނަމަވެސް ދެވަނަ ހާފު ފަށައިގެން ޗެލްސީގެ ކަލުމް ހަޑްސަން އޮޑޯއި ނެގި ހުރަހަކުން ލުކާކޫ ވަނީ ޗެލްސީއަށް ލީޑު ނަގައިދީފަ އެވެ.

އޭގެ އިރުކޮޅެއް ފަހުން މެޗުގެ 64 ވަނަ މިނެޓުގައި ޕަލްމެއިރާސްއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ރަފައެލް ވެއިގާ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު ވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން އިތުރުވަގުތު ދެހާފު ކުޅުނެވެ. އެގޮތުން އިތުރުވަގުތުގެ އެންމެ ފަހު ވަގުތުކޮޅުގައި ހޭންޑް ބޯލްއަކުން ލިބުނު ޕެނަލްޓީއަކުން ޗެލްސީގެ ކައި ހަވާޓްޒް ވަނީ ޗެލްސީއަށް ލަނޑުޖަހައިދީ އެޓީމަށް ކުލަބް ވޯލްޑް ކަޕް ހޯދާދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355