twitterviber whatsapp telegramfacebookyoutube instagram
6th May 2024

މާމެންދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައިފި

ނަބީލާ އިސްމާޢީލް
Feb 18, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލ. މާމެންދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.

މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރާތްތަކަށާއި ވިޔަފާރިތަކަށް 24 ގަޑިއިރު ޚިދުމަތް ލިބެން ހުންނާނެއެވެ. އަދި އެހެން އޭޓީއެމްތަކެކޭ އެއްގޮތަށް، ފައިސާ ނެގުމުގެ ޚިދުމަތާއި ފައިސާ ޖަމާކުރުމުގެ އިތުރުން ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް ވެސް މި އޭޓީއެމްއިން ލިބެން ހުންނާނެއެވެ.

ލ. މާމެންދޫގެ އިތުރުން، ލ. ފޮނަދޫ އަދި ގަމުގައި ބްރާންޗް އަދި ސެލްފް ސާވިސް ބޭންކިން ޚިދުމަތް ދެމުން ދެއެވެ. މީގެ އިތުރުން މާވަށުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް ދަނީ ޚިދުމަތް ފޯރު ކޮށްދެމުންނެވެ.

މިކަމާ ގުޅިގެން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތް ފުޅާކުރުމުގެ ސްޓްރެޓަޖީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމަށް އިންވެސްޓް ކުރަމުންދާނެ ކަމަށެވެ.

"މާމެންދޫގައި މި ހުޅުވުނު އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި ބޭންކިން ޚިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 78 ސެލްފްސާވިސް ބޭންކިން ސެންޓަރު، 136 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ޚިދުމަތް ދެމުންދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355