twitterviber whatsapp telegramfacebookyoutube instagram
24th April 2024

ބީއެމްއެލް އިން ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފި

Feb 21, 2022

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލް އިން ބުނީ މިއަހަރުގެ ނޮވެމްބަރު މަހު ފާހަގަކުރާ ބެންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ އަށް ތައާރަފްކުރި ބީއެމްއެލް ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި ސްކޮލާޝިޕަކީ ބޭންކިން އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމުގެ އަމާޒުގައި ހުރިހާ ހަރަދެއް ބީއެމްއެލް އިން ކުރާ ގޮތަށް، ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހުޅުވާލެވުނު ފަންޑެއްގެ ތައާރަފްކުރި ސްކޮލާޝިޕެކެވެ.

ސްކޮލާޝިޕްގެ ދަށުން ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން ފައިނޭންޝަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް އަދި ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލިޓިކްސް ނުވަތަ ފައިނޭންޝަލް އިންޖިނިއަރިންގެ ދާއިރާއަކުން އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރެވެނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ކޯހަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި، އެސްޓަބްލިޝްމަންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ބޭންކުން ދިނުމަށް ހަމަޖެހިފައިވެ އެވެ.

ބީއެމްއެލްގެ ސްކޮލާޝިޕަށް ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެއްސަކަށް ވުމާއި އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވުން ހިމެނެ އެވެ.

ސްކޮލާޝިޕްގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު ބީއެމްއެލްއަށް މެއިލް ކުރުމަށް އެ ބޭންކުން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355