twitterviber whatsapp telegramfacebookyoutube instagram
6th October 2026

ހދ އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ކުރިނބީ ކައުންސިލް

ޚަދީޖާ އާދަމް
Feb 27, 2022

ހދ. އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ކުރިނބީ ކައުންސިލް ހޮވިއްޖެއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި "ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ 2020'' ގެ ލޯކަލް ކައުންސިލްތަކުގެ ރޭންކުގެ އެއްވަނަ ކުރިނބީން ހޯދިއިރު ދެވަނާގައި ހިމެނިފައިވަނީ ނެއްލައިދޫ ކައުންސިލެވެ.

2019 ވަނަ އަހަރު އެ ރޭންކިންގެ އެއްވަނައަށް ގޮސްފައިވަނީ ނެއްލައިދޫއެވެ. އެއަހަރު ދެވަނަ ލިބުނީ ކުރިނބީ ކައުންސިލަށެވެ.

ކައުންސިލްތައް ރޭންކް ކުރަމުން ދަނީ ކައުންސިލް ޕާފޯމަންސަށް ބަލައި އެންމެ މަތިން ޕޮއިންޓް ހޯދާ ކައުންސިލުން ފެށިގެން ތަރުތީބުވާ އުސޫލުންނެވެ.

ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްއަކީ ކައުންސިލްތަކުގެ މަސައްކަތުގެ ފެންވަރު ނުވަތަ ޕާފޯމަންސް މިންކޮށް ވަޒަން ކުރުމަށް އެލްޖީއޭއިން އެކުލަވާލާފައިވާ މިންގަނޑެކެވެ. ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ އެހީގައި ލާމަރުކަޒީ ގާނޫނުން އުފެދިފައިވާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް މިންކޮށް ވަޒަންކުރުމުގެ މަސައްކަތް އެލްޖީއޭއިން ވަނީ ފަށާފައެވެ. އަދި މިއިންޑެކްސް ބޭނުންކޮށް އަހަރަކު އެއްފަހަރު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޕާފޯމަންސް މޮނީޓާކޮށް ރޭންކް ކުރެވެމުން ގެންދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293