twitterviber whatsapp telegramfacebookyoutube instagram
26th April 2024

މިފްކޯއަށް މަސް ކިލޯއެއް ގަންނަ އަގު 17 ރުފިޔާއަށް ބޮޑުކޮށްފި

Mar 1, 2022
1

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މަސް ގަންނަ އަގު މިއަދުން ފެށިގެން ކިލޯއެއް 17ރ. އަށް ބޮޑުކޮށްފި އެވެ. ސަރުކާރުގެ މަސް ކުންފުނީގެ މައި ކުންފުނި އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސްވެރިން އަތުން މިފްކޯ އަށް މަސް ގަންނަ އަގު 17 ރުފިޔާ އަށް ބޮޑުކޮށްފައިވާ ކަމަށެވެ.

މަހުގެ އަގަށް ބަދަލު ގެނައިއިރު ދުނިޔޭގެ ބާޒާރުގައި މަސް ޓަނެއްގެ އަގު މިހާރު ހުރީ 1،700ރ. ގައެވެ. އަދި މި އަގުގައި ހުންނަތާވެސް އަހަރެއް ވަނީ ވެފަ އެވެ.

މީގެ އިތުރުން ބޭރުގެ މާކެޓްތައް ހޯދަން ދަޅު މަސް ބޭރުކުރެވޭ އަދަދު ވެސް އިތުރު ކުރެވިފައިވާ ކަމަށް އަމްރު ވިދާޅުވި އެވެ. އަދި މިހާރު މިފްކޯގެ ހިންގުން ހަރުދަނާ ކުރެވި ހަރަދުތައް ވެސް ކުޑަކުރެވިފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މިފްކޯ އިން މަސް ގަންނަ އަގު ބޮޑުކޮށްފައި މިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މަސް ގަންނަ އަގު ބޮޑު ކުރާނެ ކަމަށް މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނިކޮށެވެ.

މަސް ގަންނަ އަގަށް ބަދަލު ގެނެސްފައި މިވަނީ ހަތް އަހަރު ވަންދެން އެވްރެޖުކޮށް 19ރ. އާއި 22ރ. އަށް މަސް ކިލޯއެއް ގަތުމަށްފަހު މިފްކޯއަށް ލިބޭ ގެއްލުން ކުޑަ ކުރަން މަސް ގަންނަ އަގު 2020 ވަނަ އަހަރު ސެޕްޓެންބަރު 20 ގައި ދޫކޮށްލުމަށްފަހު އެވެ. އޭގެ ފަހުން އެވްރެޖުކޮށް މަސް ކިލޯއެއް ހުރީ 13ރ. އާއި 15ރ. އާ ދެމެދުގެ އަގެއްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355