twitterviber whatsapp telegramfacebookyoutube instagram
1st May 2024

ބީއެމްއެލުން ފާފު އަތޮޅު ސްކޫލްގައި ފޮތްކިޔުމަށާއި ކުޑަކުދިން ކުޅޭނެ ތަނެއް ގާއިމްކޮށްފި

ނަބީލާ އިސްމާޢީލް
Mar 1, 2022

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން ފ. އަތޮޅު ސްކޫލްގައި ފޮތްކިޔުމަށާއި ކުދިން ކުޅުމަށް ހާއްސަ ތަނެއް ގާއިމްކޮށްފިއެވެ.

"ފަހި މާހައުުލު"ގެ ނަމުގައި މި ޕްރޮޖެކްޓް ހިންގާފައިވަނީ ފަތުޙުﷲ ޝާޠިރުއެވެ. މިއީ ކުޑަކުދިން ހިތުގައި އުނގެނުމަށް ޝައުގުވެރިކަން އުފައްދައި ކިޔެވުމުގައި ފަހި މާހައުލެއް ގާއިމްކޮށްދިނުމުގެ އަމާޒުގައި ހިންގުނު ޕްރޮޖެކްޓެކެވެ.

ސްކޫލްގެ ފައުންޑޭޝަން ސްޓޭޖް ކްލާސް ރޫމްގައި ފޮތްކިޔުމަށާއި ކުދިން ކުޅުމަށް ގާއިމްކޮށްފައިވާ މިތަނުގައި ވަނީ ބީން ބޭގް ބަހައްޓައި، ފޮތާއި ކިޔުމަށް ބޭނުންކުރާ އެހެނިހެން ތަކެއްޗާއި ކުޅޭ ސާމާނު ހިމަނާފައެވެ.

"މިގާއިމް ކުރެވުނު ތަނުގެ ސަބަބުން ކިޔެވުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުވުމަށް މަގުފަހިވެގެންދާނެ. މިފަދަ މުހިންމު ޕްރޮޖެކްޓަށް ފަންޑުކޮށްދެއްވި ކަމަށްޓަކައި ފ. އަތޮޅު ސްކޫލްގެ ނަމުގައި އާއި ފީއަލީގެ ރައްޔިތުންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން." މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ފަތުޙުﷲ ވިދާޅުވި އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަަކީ އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލެވޭ ފުރުސަތެކެވެ. މިގޮތުން ކޮންމެ ކުއާޓަރއެއްގައި 5 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355