twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކޮށްފި

ނަބީލާ އިސްމާޢީލް
Mar 6, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ އެހީގައި ހދ. ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީ ކޮށްފިއެވެ.

ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކުރުމުގެ ޕްރޮޖެކްޓް ހިންގާފައި ވަނީ ހަނިމާދޫ ޒުނާވުންގެ ޖަމިއްޔާގެ ފަރާތުންނެވެ.

މި ޕްރޮޖެކްޓްގެ ދަށުން ލައިބްރައީއަށް ބޭނުންވާ އިތުރު ފޮތްހަރުގަނޑާއި ސެން ކްލާސް ދަރިވަރުންނަށް ހާއްސަ ރީޑިން ކޯނާއެއް ވަނީ ގާއިމްކޮށްފަ އެވެ. އަދި ގޮނޑި، މޭޒު ފަދަ ފަރުނީޗަރު ވަނީ ހޯދައިފަ އެވެ.

ހަނިމާދޫ ސްކޫލަށް އާންމުން ހަދިޔާ ކުރި ފޮތާއެކު ޖުމްލަ 700 އަށް ވުރެ ގިނަ ފޮތް އެ ސްކޫލްގެ ލައިބްރަރީއަށް މިހާރު ވަނީ އިތުރުކޮށްފައެވެ.

އޭގެ ތެރެއިން 450 އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ އެހީގައި ގަނެފައިވާ ފޮތްތަކެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް ޙުސައިން ވަހީދު ވިދާޅުވީ، ސްކޫލްގެ ލައިބްރަރީ އިތުރަށް ތަރައްގީކުރަން ބޭނުންވީ ސްކޫލު ލައިބްރަރީ ބޭނުންކުރާ ދަރިވަރުން އިތުރުވަމުން ދިޔުމާއެކު، އެ ކުދިންނަށް އެކަށޭނެ މާހައުލެއް ގާއިމްކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ.

"އާ ފޮތްތަކާއި އިތުރު ގޮނޑި މޭޒުގެ އިތުރުން ސެން ކްލާސް ކުދިންނަށް ހާއްސަ ކޯނާއެއް ހިމަނައި ލައިބްރަރީއަށް މި ގެނެވުނު ބަދަލާއެކު ފޮތްކިޔުމަށާއި ފިލާވަޅުތައް ދަސްކުރުމަށް އިތުރު ކުދިން ޝައުގުވެރިވާނެ މާހައުލެއް މިވަނީ ގާއިމްވެފައި. މި ފުރުސަތުގައި ޖަމިއްޔާގެ މެންބަރުންނަށާއި އަދި އެހެނިހެން ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން،" ވަހީދު ވިދާޅުވިއެވެ.

ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ހިންގާ، މުޖުތަމައަށް ފައިދާކުރާނެ ފަދަ ޕްރޮޖެކްޓުތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން ތައާރަފު ކޮށްފައިވާ ފަންޑެކެވެ.

މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355