twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނުލިބިވާ ފައިސާ ހޯދާނެ އުސޫލުތަކެއް މީރާއިން އާންމުކޮށްފި

Mar 19, 2022
1

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަންނަ ޓެކްސް އަދި އެހެނިހެން ފައިސާތަކުގެ ތެރެއިން ނުލިބި ހުރި ފައިސާ ހޯދުމުގެ ގޮތުން އަމަލުކުރާނެ އުސޫލުތަކެއް އެ އޮތޯރިޓީ އިން އާންމުކޮށްފި އެވެ.

އެގޮތުން ޓެކްސް އަދާނުކުރާ ފަރާތްތަކާ މެދު އަޅާ އެކި ފިޔަވަޅުތަކާ ގުޅޭ ފަސް އުސޫލެއް މީރާއިން މިހާރު ވަނީ ގެޒެޓްކޮށްފަ އެވެ.

މީރާއިން އާންމުކޮށްފައިވާ 5 އުސޫލު

  • ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އާންމު އުސޫލު
  • ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު
  • އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު
  • ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބެންކު އެކައުންޓު ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު
  • ޖޫރިމަނާ ލުއިކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު

މީރާއިން ބުނިގޮތުގައި ކޮވިޑް-19ގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކާ އާންމު ފަރުދުންގެ ވިޔަފާރިތަކަށް ދިމާވި ހީނަރުކަމަށް ރިއާޔަތްކުރުމަށްފަހު އެފަރާތްތަކަށް ލުއިތަކެއް ވަނީ ދީފަ އެވެ. ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެންފޯސްމަންޓް ފިޔަވަޅު އެޅުން ހުއްޓާލައިފައިވާ ކަމަށް މީރާއިން ބުންޏެވެ

ނަމަވެސް އަންނަ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޓެކުހުގެ ޒިންމާތައް އަދާނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަށާނެކަމަށް މީރާއިން ވަނީ ބުނެފަ އެވެ.

މި އުސޫލުތަކަށް ޢަމަލުކުރަން ފެށުމާއެކު މިހާރު ތަންފީޒުކުރަމުންދާ "މީރާގެ އެންފޯސްމަންޓް ޕޮލިސީ" އުވިގެންދާނެ ކަމަށް މީރާއިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355